ތެލެސީމިއާ ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ތެލެސީމިއާ ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު: ފޮޓޯ-ރައީސް އޮފީސް

ތެލެސީމިއާ ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

2 days ago - 11:53
Oct 16, 2024 - 11:54
Advertisement

ތެލެސީމިއާ ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. ހޮސްޕިޓަލް އެޅިމުގެ އެއްބަސްވުމުގައި ސޮއިކުރީ ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލި ތެލެސީމިއާ މާސްޓަރ ޕްލޭން އިފުތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ތެލެސީމިއާއަށް ޚާއްޞަ ފަރުވާދޭ ހޮސްޕިޓަލް އިމާރާތްކުރަނީ ހުޅުމާލެ 2 ގައެވެ. މަސައްކަތް ހަވާލުކުރީ މެޑޯ އޭޝިޔާ ކުންފުންޏާއި ޗިން ހިން ގްރޫޕް ބަރްހާދްއާއެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތް މިނިސްޓަރ އަބްދުالله ނާޒިމް އިބްރާހީމް އެވެ. މެޑޯ އޭޝިޔާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި އެމްޑީ ސްޓްއާޓް ޖޭ ވެނާ ޕެކް އެވެ. ޗިން ހިން ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ރޮޖާ ލިން އެވެ.

ތެލެސީމިއާއަށް ޚާއްޞަ ފަރުވާދޭ ހޮސްޕިޓަލް އަޅަނީ ތިން ފަންގިފިލާއަށެވެ. އެއިމާރާތުގައި އިމަޖެންސީ ރޫމާއި, ލެބޯޓްރީއާއި, ބްލަޑް ޓްރާންސްފިއުޝަން ޔުނިޓާއި, ބްލަޑް އޯގަން ޓްރާންސްޕްލާންޓް ޔުނިޓް ހިމެނެއެވެ. މީގެއިތުރުން ކުޑަކުދިން ކުޅޭ ސަރަހައްދާއި ކެންޓީނެއްވެސް ހިމެނެއެވެ.

 

Advertisement

ތެލެސީމިއާ ބަލި ކޮންޓްރޯލް ކުރުމަށް އެކުލަވާލި 10 އަހަރުގެ މާސްޓަރ ޕްލޭންގައި މައިގަނޑު 7 ސިޔާސަތު އެކުލެވިގެންވެއެވެ. އޭގެތެރޭގައި ޚިދުމަތުގެ ފެންވަރު މަތިކުރުމާއި, ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމާއި، ތެލަސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުމާއި، ވަށާޖެހޭ ސިޔާސަތުގެ ތެރެއިން ތެލަސީމިއާއަށް ރައްކާތެރިވުމަށް މަސައްކަތްކުރުން ހިމެނެއެވެ. މީގެއިތުރުން ޒަމާނާއި އެއްގޮތަށް ޚިދުމަތް ބައްޓަންކޮށް، ދެވޭ ޚިދުމަތުގެ ފެންވަރާ، ފަންވަރު ހިފެހެއްޓުމާއި، އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، ހިއުމަން ކެޕިޓަލް ޑިވެލޮޕްމެންޓް ހަރުދަނާކޮށް ވަރުގަދަކުރުމުގެ އިތުރުން ޚިދުމަތް ދިނުމުގައި ޓެކްނޮލޮޖީގެ އައު އީޖާދުތައް ތަޢާރަފްކޮށް ޚިދުމަތުގެ ފެންވަރު ހިފެހެއްޓުން ހިމެނެއެވެ.

ތެލެސީމިއާ ހޮސްޕިޓަލެއް އިމާރާތްކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement