ކެޕްޓަން ސޮން  ޓޮޓްނަމްއަށް ކުޅެދޭ ފަހު މެޗަށް  މާދަމާގެ އެކުވެރިކަމުގެ މެޗު ވެދާނެ!
ސަން ޓޮޓްނަމްގެ ދޫކޮށްދަނީ 10 އަހަރު ފަހުން. ފޮޓޯ: ކޮރެއަން ޓައިމްސް

ކެޕްޓަން ސޮން ޓޮޓްނަމްއަށް ކުޅެދޭ ފަހު މެޗަށް މާދަމާގެ އެކުވެރިކަމުގެ މެޗު ވެދާނެ!

ފާއިތުވި ސީޒަންގައި ޓޮޓްނަމްއިން ޔުރޮޕާ ލީގު ހޯދީ ސަން ގެ ކެޕްޓަންކަމުގެ ދަށުން

4 hours ago - 15:58
Aug 2, 2025 - 16:01

ޓޮޓްނަމް ހޮޓްސްޕަރ އަށް ފާއިތުވެދިޔަ 10 އަހަރު ކުޅެމުން އައި ދެކުނު ކޮރެއާގެ ސަން ހިއުންގް މިން  ކްލަބް ދޫކޮށްލާކަން އިއުލާންކޮށްފިއެވެ. މިއާއެކު މާދަމާ ނިއުކާސަލްއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަކީ ސަން ސްޕަރސް އަށް ކުޅެދޭ ފަހު މެޗަށް ވުންވެސް ގާތެވެ.  

ދެކުނު ކޮރެއާގެ ވެރިރަށް ސިއޯލްގައި މިއަދު ބޭއްބި ނޫސް ކޮންފަރެންސް އެއްގައި ސަން ވަނީ ޓޮޓްނަމް ދޫކޮށްލާކަން ކަށަވަރުކޮށްދީފައެވެ.

"މިއީ އަހަރެންގެ ހަޔާތުގެ ވެސް އެންމެ އުނދަގޫ އެއް ނިންމުން. އެކަމަކު އަހަންނަށް ހީވަނީ މިއީ މި ނިންމުމަށް އެންމެ އެކަށޭނެ ވަގުތުހެން. އަހަރެން އުއްމީދުކުުރަން އެންމެންވެސް އަހަރެންގެ މި ނިންމުމަަށް އިޙްތިރާމް ކުރާނެކަމަށް" ސަން ބުނެފައި ވެއެވެެ.

އޭނާ އިތުރަށް ބުނީ އުމުރުން އެންމެ 23 އަހަރުގައި އުތުރު ލަންޑަނަށް އޭނާ ބަދަލުވީ ކުޑަކުއްޖެއްގެ ގޮތުގައި ކަމަށާއި, އޭރު އޭނާއަށް އިނގިރޭސިން ވަހަކަ ދައްކަންވެސް ނޭނގޭ ކަމުގައެވެ. އަދި 10 އަހަރު ފަހުން ކްލަބް ދޫކޮށް މިދަނީ ބޮޑު މީހެއްގެ ގޮތުގައި ކަމަށާއި, މިއީ ވަރަށް ފަހުރުވެރި ވަގުތުކޮޅެއް ކަމަށެވެ.

Advertisement
Advertisement

ސަން ދެން ގުޅޭނީ ކޮން ކްލަބަކާކަން އިއުލާންކޮށްފައި ނުވި ނަމަވެސް އޭނާ ސްޕަރސް އާއެކު ހަދާފައިވާ އެއްބަސްވުން 2026 އާ ހަމައަށް އަދި އެބައޮތެވެ. މުސްތަގުބަލާ ބެހޭ ގޮތުން އޭނާއަށް ވަކި ޖަވާބެއް އަދި ނޭނގޭކަމަށް ސަން ބުނެފައި ވެއެވެ.

ސްޕަރސް ގެ ހެޑް ކޯޗު ތޯމަސް ފްރޭންކް ވަނީ މާދަމާ ނިއުކާސަލް އާ ދެކޮޅަށް ސްޕަރސް ކުޅޭ ރަހްމަތްުތެރި ކަމުގެ މެޗުގައި ސްޕަރސް ކެޕްޓަންގެ ގޮތުގައި ސަން ފެންނާނެ ކަން ކަށަވަރުކޮށްދީފައެވެ. މިއީ އޭނާ ސްޕަރސް އަށް ކުޅެދޭ ފަހު މެޗަށް ވުމަކީ ވެސް ގާތްކަމެެވެ. 

ފާއިތުވި ސީޒަންގައި މެންޗެސްޓަރ ޔުނައިޓަޑް ބަލިކޮށް ސްޕަރސް އިން ޔުރޮޕާ ލީގު އުފުލާލިއިރު މިއީ ސަން ކްލަބާއެކު ހާސިލްކުރި ފުރަތަމަ ތައްޓެވެ. ސަން ވަނީ ސްޕަރސް އަށް 450 މެޗު ކުޅޭދީ 198 ޕްރިމިއަރ ލީގުގެ ގޯލްގައި ހިއްސާވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow