މޫސުން ގޯސްވެ، އުތުރާ މެދުރާއްޖެތެރެއަށް ހުދު ސަމާލު ނެރެފި
ރާއްޖޭގެ މޫސުން މިދުވަސްވަރު ވަރަށް ގޯސް / ފޮޓް: ސޯސަލް މީޑިއާ

މޫސުން ގޯސްވެ، އުތުރާ މެދުރާއްޖެތެރެއަށް ހުދު ސަމާލު ނެރެފި

6 hours ago - 14:19
Aug 2, 2025 - 14:50
Advertisement
Advertisement

ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ހުރިހާ އަތޮޅަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން، ހުދު ސަމާލު ނެރެފިއެވެ.

މި ސަމާލު ނެރެފައިވަނީ މެންދުރު 1:15 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށެވެ. މި ދެމެދުގެ ވަގުތުތަކުގައި ގަޑިއަކު 19 އާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި ސަމާލު ނެރެފައިވާ ސަރަހައްދުތަކުގެ ކަނޑުތައްވެސް ގަދަވާނެކަމަށާއި، އަދި ރާޅުގެ އުސްމިން 5 އާއި 7 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށާއި، އަދި ޚާއްސަކޮށް އުތުރުގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

މިދިޔަ ހަފުތާގައިވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މިފަދަ ގިނަ ސަމާލުތަކެއް ނެރެފައެވެ. ހަމަ މިއާއިއެކު މިދިޔަ ހަފުތާގައި ރާއްޖޭގެ ބައެއް ހިސާބުތަކަށް ވަނީ ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ އިތުރުން އުދަ އެރުމުގެ ބައެއް ހާދިސާތައްވެސް ހިނގާފައެވެ.

އެހެންކަމުން، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއް ދީ، ކަނޑުމައްޗަށް ނިކުންނަ ފަރާތްތަކުން އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވެސް މިހާރު ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement