އަންނަ އަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓަނީ

އަންނަ އަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓަނީ

މި މަޝްރޫޢުގެ ދަށުން އަންނަ އަހަރުގެ 100 އޭޓީއެމް ބެހެއްޓުމަށް ވަނީ ނިންމާފަ

7 days ago - 14:05
Advertisement
Advertisement

އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ބަހައްޓުމުގެ މަޝްރޫއެއް ސަރުކާރުން އިފްތިތާހު ކޮށްފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢު އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުއެވެ.

މިއަދު އިފްތިތާހް ކުރެވުނު މި މަޝްރޫޢުގެ ދަށުން އަންނަ އަހަރުގެ ނިޔަލަށް ރާޢްޖޭގައި 250 އޭޓީއެމް ބެހެއްޓޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީ.އީ.އޯ މުޙައްމަދު ޝަރީފު ވިދާޅުވިއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ މެޝިން އދ. އޮމަދޫގައި ބަހައްޓައި މިއަދު ވަނީ ބޭނުން ކުރަން ފަށާފައެވެ.

Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީ.އީ.އޯ މުޙައްމަދު ޝަރީފް ވިދާޅުވީ މި މަޝްރޫއުގެ ދަށުން އޭޓީއެމްތައް ބަހައްޓަން ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި 17 ރަށެއްގައި މެޝިން ބެހެއްޓުމަށް ނިންމާފައިވާ ކަމަށާއި އެކަމަށް ބޭނުންވާ މެޝެންތައްވެސް މިހާރު ރާއްޖެއަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބީ.އެމް.އެލްގެ ސީ.އީ.އޯ ވިދާޅުވީ ފުރަތަމަ ފިޔަވަހީގެ ދަށުން ގާއިމްކުރާ މެޝިންތައް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

ފުރަތަމަ ފިޔަވަހީގައި އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާ ރަށްތަކަކީ ހއ އަތޮޅުގެ އުތީމާއި މުރައިދޫ އަދި ހދ. ނޮޅިވަރަމާއި ނޮޅިވަރަންފަރުގެ އިތުރުން ށ.މަރޮށި އަދި ކަނޑިތީމު ހިމެނެއެވެ. މީގެ އިތުރުން ރ. އިންނަމާދޫ، ބ. ގޮއިދޫ، ފުޅަދޫ، ކިހާދޫ، ކެންދޫ އަދި އދ. މަންދޫ އާއި ދ. ހުޅުދެލި ތ. ގާދިއްފުށި އަދި ލ. ކަލައިދޫ ގައި އޭޓީއެމް ގާއިމް ކުރެވޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ވިދާޅުވިއެވެ.

މިހާރު ބޭންކް އޮފް މޯލްޑިވްސް އަންނަނީ ރާއްޖޭގެ 90 ރަށުގައި 150 އޭޓީއެމްގެ ޚިދުމަތް މިހާރުވެސް ފޯރުކޮށްދެމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement