މީހުން ދިރިއުޅޭ 19 ރަށެއްގައި އެމް.އައި.ބީގެ އޭޓީއެމް ބަހައްޓަނީ

މީހުން ދިރިއުޅޭ 19 ރަށެއްގައި އެމް.އައި.ބީގެ އޭޓީއެމް ބަހައްޓަނީ

މިގޮތުން ގާއިމް ކުރެވޭ އޭޓީއެމްގެ ތެރޭގައި ދިވެހި ރުފިޔާގެ މުއާމަލާތަށް ޚާއްސަ 22 އޭޓީއެމްއަކާއި އެމެރިކާ ޑޮލަރަށް ޚާއްސަ ކުރެވޭ އޭޓީއެމެއް ހުންނާނެ

14 days ago - 15:07
Advertisement
Advertisement

އަންނަ އަހަރު މޯލްޑިވްސް އިސްލާމިކް ބޭންކުގެ 23 އޭޓީއެމް ބަހައްޓާނެ ކަމަށް އެ ބޭންކުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ 19 ރަށެއްގައި އޭޓީއެމް ބެހއްޓުން އިފްތިތާޙް ކުރުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.އައި.ބީގެ ސީ.އީ.އޯ ވިދާޅުވީ އަންނ އަހަރު އެ ބޭންކުގެ ޚިދުމަށް އަތޮޅުތެރެއަށް ފުޅަ ކުރުމަށް ޚާއްސަ އިސްކަމެއް ދީފައިވާ ކަމަށެވެ.

ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި 19 ރަށެއްގައި އެމް.އައި.ބީގެ އޭޓީއެމް ގާއިމް ކުރުމުގެ މަޝްރޫޢު އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސީ.އީ.އޯ މުފްދާލް އިދްރީސް ޚުމާރީ ވިދާޅުވީ ހަތަރު އަތޮޅެއްގެ ނަވާރަ ރަށުގައި އެ ބޭންކުގެ އޭޓީއެމް އަލަށް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement
Advertisement

އެގޮތުން ގާއިމް ކުރެވޭ އޭޓީއެމްގެ ތެރޭގައި ދިވެހި ރުފިޔާގެ މުއާމަލާތަށް ޚާއްސަ 22 އޭޓީއެމްއަކާއި އެމެރިކާ ޑޮލަރަށް ޚާއްސަ ކުރެވޭ އޭޓީއެމެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަންނަ އަހަރު އެމް.އައި.ބީގެ އިތުރު ގޮތްޕެއް އަތޮޅުތެރޭގެ ރަށެއްގައި ހުޅުވުމަށް ނިންމާފައިވާ ކަމަށާއި އޭގެ އިތުރުން ޚިދުމަތް ދިނުމަށް ޚާއްސަ ކޮށްގެން ހަތަރު މަރުކަޒަކާއި 15 ކިއޮސް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެބޭންކުގެ ގޮތްޕެއް ހުޅުވުމަށް ހަމަޖެހިފައިވަނީ ބ.އޭދަފުށީގައެވެ. އަދި ރ. އުނގޫފާރާއި ށ. ފުނަދޫގެ އިތުރުން ގއ. ވިލިގިއްޔާއި މާލެ ސިޓީގައި އޭޓީއެމްއާއެކު ސޭލްސް ސެންޓަރު ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސީ.އޯ ވިދާޅުވީ އަންނަ އަހަރު ނިމޭއިރު އެ ބޭންކުގެ ޚިދުމަށް 16 އަތޮޅެއްގެ 37 ރަށަކުން ލިބެން ހުންނާނެ ކަމަށެވެ.

އަދި ދިވެހި ފައިސާގެ މުއާމަލާތް ކުރެވޭ 56 އޭޓީއެމްއާއި އެމެރިކާ ޑޮލަރުގެ މުއާމަލާތް ކުރެވޭ 6 އޭޓީއެމް ހުންނާނެ ކަމަށް ސީ.އީ.އޯ ވިދާޅުވިއެވެ.

މާލީ މުހިންމު ޚިދުމަތްތައް އެއްތަނަކުން ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ގެ ރިޔާސީ ވައުދެކެވެ. އެވައުދާ އެއްގޮތަށް އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ބެހެއްޓުމުގެ ޚާއްސަ މަޝްރޫއެއްވެސް މިއަދު ރައީސުލްޖުމްހުރިއްޔާ ވަނީ އިފްތިތާހު ކޮށްދެއްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement