ސްޕާއެއް ރެއިޑްކޮށް ހަށިވިއްކުމުގެ ތުހުމަތުގައި 5 މީހަކު ހައްޔަރުކޮށްފި

ސްޕާއެއް ރެއިޑްކޮށް ހަށިވިއްކުމުގެ ތުހުމަތުގައި 5 މީހަކު ހައްޔަރުކޮށްފި

އެތަނުން ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނަކާއި ތައިލޭންޑްގެ ހަތަރު އަންހެނުން

1 year ago - 15:49
Nov 7, 2024 - 15:50
Advertisement
Advertisement

ހެންވޭރުގައި ހިންގަމުންދާ ސަރާ ސެލޫން އެންޑް ސްޕާ ރެއިޑްކޮށް ފަސް މީހަކު ހައްޔަރު ކޮށްފައިވާކަން ފުލުހުން ހާމަކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވީ އެތަން ބަލާ ފާސްކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައިއެ ސްޕާ ބަލައި ފާސް ކޮށްފައިވަނީ އެ ތަނުގައި ހަށިވިއްކާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ކަމަށާއި އެތަނުން ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނަކާއި ތައިލޭންޑްގެ ހަތަރު އަންހެނުންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ކަނޑުހުޅުދޫ / ޕާކީޒާ، މުޙައްމަދު ޢިމްރާން (42އ)، ސަލިނީ ޔަމްޑީ (30އ)، ޗަޔަނިޓް ޕިލާ (30އ)، ވިލައިޕޯން ކޮޓްވޮންގް (24އ) އަދި ތިޕްސުދާ ސަންގްހަމް (33އ) އެވެ.

މި މައްސަލައާ ގުޅިގެން މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތިޕްސުދާ ސަންގްހަމް 15 ދުވަހަށް އަދި ދެންތިބި ހަތަރު މީހުން ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement