ޢީދު ބަންދުގައި މިފްކޯއިން މަސް ނުގަންނާނެ

ޢީދު ބަންދުގައި މިފްކޯއިން މަސް ނުގަންނާނެ

4 hours ago - 17:05
Advertisement
Advertisement

އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ފެސިލިޓީތަކުން މަސް ގަތުން މެދުކަނޑާލުމަށްފަހު، އަލުން މަސް ގަންނަން ފަށާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.


ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ވިދާޅުވީ ޢީދު ބަންދާ ގުޅިގެން މި ހިނގާ ހަފުތާގެ އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު އެ ކުންފުނީގެ ފެސިލިޓީތަކާއި ބޯޓުތަކުން މަސް ނުގަންނާނެ ކަމަށެވެ. މީގެ އިތުރުން، މި ދުވަސްތަކުގައި އެ ކުންފުނީގެ ސެންޓަރުތަކުންނާއި އައިސް ޕްލާންޓުތަކުން އައިސް ވިއްކުމުގެ ޚިދުމަތްވެސް މެދުކަނޑާލާފައިވާނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.


މިފްކޯއިން އިތުރަށް ބުނެފައިވަނީ، ޢީދު ބަންދަށްފަހު ދެން ދިމާވާ ހުކުރު ދުވަހަކީ އާންމު އުޞޫލުންވެސް އެ ކުންފުނިން މަސް ނުގަންނަ ދުވަހަކަށް ވާތީ، ޚިދުމަތްތައް އަލުން ފަށާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހުން ފެށިގެން އެ ކުންފުނީގެ ހުރިހާ ފެސިލިޓީތަކަކާއި އައިސް ޕްލާންޓުތަކެއް ހުޅުވައި، އޮޑިފަހަރުން މަސް ގަންނަން ފަށާނެއެވެ.


ޢާންމުކޮށް ކޮންމެ ހުކުރު ދުވަހަކު މިފްކޯއިން މަސް ގަތުން މެދުކަނޑާލާއިރު، ޢީދު ފަދަ ބޮޑެތި މުނާސަބަތުތަކާ ދިމާކޮށްވެސް އެ ކުންފުނީގެ މަސް ގަތުމުގެ މަސައްކަތްތައް މެދުކަނޑާލައެވެ. މިފްކޯއިން އަބަދުވެސް މަސައްކަތް ކުރަނީ މިފަދަ ބަދަލުތައް މަސްވެރިންނަށާއި ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިއާލައި އަންގައި، އޮޑިފަހަރަށް ދަތިނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement