ކަސްޓަމްސް އަށް 164, އިމިގްރޭޝަނަށް 50 އޮފިސަރުން ހޯދަނީ
އިމިގްރޭޝަން އޮފިސަރުންތަކެއް ސެޝަނެއްގައި: ފޮޓޯ-މޯލްޑިވްސް އިމިގްރޭޝަން

ކަސްޓަމްސް އަށް 164, އިމިގްރޭޝަނަށް 50 އޮފިސަރުން ހޯދަނީ

5 hours ago - 10:09
May 20, 2025 - 10:09
Advertisement
Advertisement

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް 164 އަދި މޯލްޑިވްސް އިމިގްރޭޝަނަށް 50 އޮފިސަރުން ހޯދަން އިއުލާނު ކޮށްފިއެވެ.

ކަސްޓަމްސްއިން އިއުލާނުކޮށްފައިވަނީ އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުން ހޯދާށެވެ. އެވަޒީފާގެ އަސާސީ މުސާރައަކީ މަހަކު 5000 ރުފިޔާއެވެ. އޭގެ އިތުރުން ނޮން ޕްރެކްޓިސިންގ އެލަވަންސާއި, ކޮއްތު ފައިސާއާއި, ސަރވިސް އެލަވަންސްގެ އިތުރުން އިތުގަޑީގެ ފައިސާ ލިބެއެވެ. އެލަވަންސްތަކާއެކު މަހަކު 11000 ރުފިޔާއަށްވުރެ ބޮޑު އަދަދެއް ލިބޭނެއެވެ.

ކަސްޓަމްސްގެ ވަޒީފާއަށް އެދޭ ފަރާތްތަކުން މިމަހުގެ 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމް ހުށަހަޅަން ޖެހެއެވެ. ވަޒީފާއަށް ހޮވޭ ފަރާތްތަކުން މަސައްކަތް ކުރަން ޖެހެނީ މާލެ ސަރަހައްދުގައެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އިއުލާނު ކޮށްފައިވަނީ އިމިގްރޭޝަން ޓްރެއިނީ އޮފިސަރުން ހޯދުމަށެވެ. އެދޭ ފަރާތްތަކަށް ބާއްވާ 'ވޯކް އިން އިންޓަރވިއު' އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 09:00-05:00 އަށް ގަލޮޅު ސްކޫލްގައެވެ. ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި 40 އަހަރަށްވުރެ ދޮށީ ނުވުން ހިމެނެއެވެ.

Advertisement
Advertisement

މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ގޮތުގައި އިމިގްރޭޝަންގެ އިއުލާނުގައި ފާހަގަކުރައްވާފައިވަނީ އެއާޕޯޓްގެ ބޯޑަރކޮންޓްރޯލްގެ މަސައްކަތްކުރުމާއި ދިވެހި ރައްޔިތުންނަށް ޕާސްޕޯޓް އަދި ޓްރެވަލް ޑޮކިއުމެންޓްގެ ޙިދުމަތްދިނުމުގެ މަސައްކަތްކުރުމުގެ އިތުރުން ސީޕޯޓް ސެކްޝަންގެ މަސައްކަތްކުރުމެވެ.

މީގެ އިތުރުން ވިޒާ ސެކްޝަންގެ މަސައްކަތްކުރުމާއި އޮފީހަށް ދިމާވާ ޚާއްސަ ހާލަތާއި ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުންވެސް ހިމެނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement