ހިތަދޫ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފެށިއްޖެ

ހިތަދޫ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފެށިއްޖެ

50 minutes ago - 16:27
Advertisement
Advertisement

އައްޑޫ ސިޓީ ހިތަދޫގައި ޤާއިމުކުރާ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.


އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ކުރިއަށްދަނީ އިމާރާތުގެ ރޫފް ލެވެލް ސްލެބް ޝަޓަރިންގ އަދި ރިއިންފޯސްމަންޓްގެ މަސައްކަތްތަކެވެ. މި މަޝްރޫޢުގެ ދަށުން ފުރަތަމަ ފަންގިފިލާގެ ސްލެބް އަދި ބީމްގެ ކޮންކްރީޓް މަސައްކަތްތަކުގެ އިތުރުން ރޭމްޕްގެ ދަގަނޑު އެޅުމުގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.


މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި، ހިތަދޫގެ ރައްޔިތުންނަށްޓަކައި ފައްޓަވައިދެއްވި މުހިންމު މަޝްރޫޢެކެވެ. ޖުމްލަ 6.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.


ދެ ފަންގިފިލާއަށް އިމާރާތްކުރާ މި ސެންޓަރުގައި މީޓިންގ ރޫމްތަކާއި، ކޭޓަރިންގ ޚިދުމަތާއި، ތަކެތި ރައްކާކުރާނެ ގުދަންތަކުގެ އިތުރުން 'ގެދަރިންގ ހޯލް' ތައް ހިމެނޭނެއެވެ. މި ސެންޓަރުގެ މައިގަނޑު ބޭނުމަކީ އެކި ކާރިސާތަކުގެ ވަގުތުގައި އަވަސްކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުގެ އޮޕަރޭޝަންތައް މަރުކަޒީކޮށް ހިންގުމެވެ.


ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، މިފަދަ ސެންޓަރެއް ޤާއިމުވުމަކީ އައްޑޫ ސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ ވަސީލަތްތައް މެދުވެރިކޮށް ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކޮށް، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement