
އެކްސިޑެންޓެއްގައި އަނެއްކާވެސް ޒުވާނަކު މަރުވެއްޖެ
އެކްސިޑެންޓް ހިނގީ އައްޑޫ ލިންކް ރޯޑްގައި
އައްޑޫ ސިޓީގައި ސައިކަލަކާއި ކާރެއްޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެއެެވެ. ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި ނިޔާވީ ފޭދޫ, އުލްފަތު އިބްރާހީމް ސިޔާދު (36އ) އެވެ.
ސިއްހީމަރުކަޒާ ހަވާލާދީ ފުލުހުން ވިދާޅުވީ ޒުވާނާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ. އެކްސިޑެންޓް ހިނގިކަމުގެ މައުލޫމާތު ލިބުނީ މިރޭ 7:29 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެކްސިޑެންޓްވި ކާރު ދުއްވީ ގދ.ފިޔޯރީ, މާގޯލްޑް މުޙައްމަދު މާހިލް މުމްތާޒު (23އ) އެވެ. ފުލުހުން ވިދާޅުވީ އޭނާ އެއިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުހުން ވިދާޅުވިއެވެ.
ރޭދަންވަރު ލ.ލިންކް ރޯޑްގައި ހިނގ އެކްސިޑެންޓެއްގައި އެއަތޮޅުގެ ޒުވާނަކުވެސް ވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ.
ރިއެކްޝަންސް






