ކޮޅުފުށީގެ ރިންގް ރޯޑް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރުޑީސީއާ ހަވާލުކޮށްފި

ކޮޅުފުށީގެ ރިންގް ރޯޑް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރުޑީސީއާ ހަވާލުކޮށްފި

2 hours ago - 08:12
Advertisement
Advertisement

މ. ކޮޅުފުށީގެ ރިންގް ރޯޑް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.


މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމެވެ.


ޖުމްލަ 720 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އާރުޑީސީއާ ހަވާލުކުރި މި މަޝްރޫއުގެ ދަށުން، ކޮޅުފުށީގެ ތިން ކިލޯމީޓަރުގެ މަގުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރާނެއެވެ. މީގެ އިތުރުން މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ފެންހިންދާ ނިޒާމު ގާއިމުކުރުމާއި، މަގުތައް އަލިކުރުމަށް މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.


މި މަޝްރޫއަކީ ރަށުގެ ދަތުރުފަތުރާއި އާންމު ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، މަގުތަކުގެ ފެންވަރު މަތިކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.


ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަގު ހެދުމާއި، ބަނދަރު ތަރައްގީކުރުމުގެ އިތުރުން ބިން ހިއްކުމުގެ ގިނަ މަސައްކަތްތަކެއް މިހާރުވެސް ބާރަށް ކުރިއަށް ދާކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement