އައްޑޫ ސިޓީގައި އެންސްޕާ އަދި އާސަންދައިގެ އޮފީހެއް ހުޅުވައިފި

އައްޑޫ ސިޓީގައި އެންސްޕާ އަދި އާސަންދައިގެ އޮފީހެއް ހުޅުވައިފި

6 hours ago - 18:48
Mar 31, 2026 - 19:10
Advertisement
Advertisement

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަދި އާސަންދައިގެ ޚިދުމަތްތައް އައްޑޫ ސިޓީގައި އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުމުގެ މަގުސަދުގައި، އެ ދެ މުއައްސަސާގެ އޮފީހެއް އައްޑޫ ސިޓީ ހިތަދޫގައި މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މި އޮފީސް ހުޅުވުމަށްޓަކައި ހިތަދޫގައި މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، އޮފީސް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވްލޮޕްމަންޓް ޑރ. ޢާއިޝަތު ޝިހާމްއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރުގެ އަރިހުގައި އެންސްޕާގެ ސީ.އީ.އޯ ހީނާ ވަލީދު އަދި އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ބައިވެރިވެވަޑައިގެންނެވިއެވެ.

nspa.jpeg

މީގެ އިތުރުން މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިޔުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާންއާއި، އައްޑޫ ސިޓީގެ ދާއިރާތައް ތަމްސީލްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނާއި، ސަރުކާރުގެ އެކި އޮފީސްތަކާއި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement
Advertisement

މި އޮފީސް ހުޅުވުމުގެ މައިގަނޑު މަޤްސަދަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އިޖުތިމާއީ ރައްކާތެރިކަމުގެ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ކުރިން އައްޑޫ ސިޓީގެ ރައްޔިތުން އެންސްޕާ އަދި އާސަންދައިގެ އެކި ޚިދުމަތްތައް ހޯދުމުގައި ކުރިމަތިލާންޖެހުނު ދަތިތަކަށް ހައްލެއް ލިބި، އެއްވެސް މެދުކެނޑުމެއް ނެތި އަވަސް ޚިދުމަތްތަކެއް ލިބިގެންދާނެއެވެ. އަދި މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެ ރައްޔިތަކު ދިރިއުޅޭ ރަށަކުން ނުވަތަ ސަރަހައްދަކުން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި، މި ސަރުކާރުގެ ސިޔާސަތަކީ މާލެއަށް އެކަނި މަރުކަޒުވެފައިވާ ޚިދުމަތްތައް ރަށްރަށަށް ފުޅާކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން އެ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

" ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އަދުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަމުންދަނީ ހަމައެކަނި މާލެއަށް މަރުކަޒުވެފައި އޮތް ޚިދުމަތްތައް ރަށްރަށަށް ބަހާލައި، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް. މިއަދު މި ހުޅުވުނު އޮފީހުގެ ސަބަބުން، އިޖުތިމާއީ ރައްކާތެރިކަމުގެ އެހީއަށް އެދުމާއި، ބޭސްފަރުވާގެ ކަންކަމުގައި އާސަންދަ އަދި އެންސްޕާގެ ޚިދުމަތްތައް ހޯދުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދިޔުމަށް މަގުފަހިވެގެންދާނެ " މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

nspa.jpeg

މި  އޮފީސް ހުޅުވުމާއެކު، ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން ބޭސްފަރުވާއަށް އާސަންދަ ހޯދުމަށާއި އިޖުތިމާއީ ރައްކާތެރިކަމުގެ އެކި އެހީތަކަށް އެދި ހުށަހެޅުމުގައި މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދާނެއެވެ. ހުވަދު އަތޮޅާއި ފުވައްމުލަކު ސިޓީ ހިމެނޭހެން ދެކުނުގެ ސަރަހައްދަށް އަމާޒުކޮށް ފުޅާކުރި މި ޚިދުމަތުގެ ސަބަބުން، އެންސްޕާ އަދި އާސަންދައާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމާއި، އެކަންކަމުގައި ޖަވާބެއް ހޯދުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް އަވަސްވެ، ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement