ޝާހިދު ހައްޔަރުކުރުމުގެ އަމުރުގެ އިސްތިއުނާފު ހުކުމް އިއްވުން މިއަދަށް ތާވަލުކޮށްފި

ޝާހިދު ހައްޔަރުކުރުމުގެ އަމުރުގެ އިސްތިއުނާފު ހުކުމް އިއްވުން މިއަދަށް ތާވަލުކޮށްފި

4 hours ago - 13:22
Advertisement
Advertisement

ކުރީގެ ފޮރިން މިނިސްޓަރު އަދި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މިއަދު މެންދުރުފަހަށް ހައި ކޯޓުގައި ތާވަލުކޮށްފިއެވެ.


މި މައްސަލައަކީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކޮށް، އޭނާގެ ބަންދަށް 30 ދުވަސް ޖެހުމާ ގުޅިގެން ހުށަހެޅުނު މައްސަލައެކެވެ. ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރަން އަމުރުކުރީ މި މަހުގެ ދެވަނަ ދުވަހުގެ ރޭގައެވެ. އެ ނިންމުން ބަލައިނުގަނެ، ޝާހިދުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އޭގެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.


މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން އެންމެ ފުރަތަމަ މި މަހުގެ 15 ވަނަ ދުވަހަށް ތާވަލުކުރުމަށްފަހު ކެންސަލްވި ނަމަވެސް، ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ ވޭތުވެދިޔަ ހަފުތާގައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކަކީ ގާނޫނީ ގޮތުން ސިއްރު ހިފަހައްޓަންޖެހޭ މައްސަލަތަކަކަށް ވާތީ، ހައި ކޯޓުގެ މި އިސްތިއުނާފު އަޑުއެހުންތައް ވެސް ކުރިއަށް ގެންގޮސްފައިވަނީ ސިއްރު މަޖިލީހެއްގައެވެ.


މި ތުހުމަތުތަކާ ގުޅިގެން ޝާހިދު މީގެ ކުރިން ވިދާޅުވެފައިވަނީ، މިއީ އޭނާގެ އަބުރު ކަތިލުމަށްޓަކައި ސިޔާސީ މަގުސަދެއްގައި ފަތުރަމުންދާ އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.


ނަމަވެސް މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، މިއީ ކުޑަކުއްޖެއްގެ ހައްގުތަކާ ގުޅިފައިވާ ނުހަނު ސީރިއަސް މައްސަލައެއް ކަމަށާއި، މި ތަހުގީގުގައި އެއްވެސް ސިޔާސީ ނިޔަތެއް ނެތް ކަމަށެވެ. އަދި ތުހުމަތު ކުރެވެނީ ކޮންމެ ފެންވަރެއްގެ ބޭފުޅަކަށް ވިޔަސް، ގާނޫނުގެ ކުރިމަތީގައި އެންމެންނަކީ ވެސް ހަމަހަމަ ބައެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement