
މާލޭގެ ގެއެއްގައި ރަހީނުކޮށްފައިހުރި ބަނގްލަދޭޝް މީހަކު ސަލާމަތްކޮށްފި
މާލޭގެ ގެއެއްގައި ރަހީނުކޮށްފައިހުރި ބަނގްލަދޭޝް މީހަކު ސަލާމަތްކޮށްފިއެވެ. މިކަން ހިނގީ މިއަދު ހެނދުނު އެވެ.
ފުލުހުން ވިދާޅުވީ މާލޭގެ ގެއެއްގައި ހުއްދަނޫން ގޮތަކަށް މީހަކު ބަންދުކޮށްފައި ހުރިކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 6:00 ހާއިރު ކަމަށެވެ. ބަންދުކޮށްފައި ހުރި މީހާ ނެރުނީ ތަޅު ހަލާކުކޮށްލައިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. ރަހީނުކޮށްފައި ހުރީ ބަނގްލަދޭޝް ފިރިހެނެކެވެ.
އެމީހާ ސަލާމަތްކޮށް، ހޮސްޕިޓަލަށް ގެންގޮސް ބަލަން ޖެހޭ ކަންކަން ބަލަމުން ދާކަމަށް ފުލުހުން ވިދާޅުވިއެވެ. ބޭރުފުށުން އެއްވެސް އަނިޔާއެއް ނެތްކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންް ވިދާޅުވީ މައްސަލަ ތަހުގީގުކުރަމުން ދާކަމަށެވެ.
ރިއެކްޝަންސް






