
އަދަދު މަދުވިޔަސް އެންމެ މެމްބަރުން ގިނައީ ޕީއެންސީގައި
މެމްބަރުންގެ އަދަދު މަދުވިޔަސް އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ދެމި އޮވެއްޖެއެވެ. މިއަދު އިލެކްޝަން ކޮމިޝަނުން ޢާއްމުކުރި ހިސާބުތަކަށް ބަލާއިރު މިހާރު ޕީއެންސީގައި ތިބީ 68,665 މެމްބަރުންނެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ ބަލާއިރު 303 މެމްބަރުންގެ މަދުވުމެކެވެ.
ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީ އެމްޑީޕީގައި ތިބީ 43,765 މެމްބަރުންނެވެ. ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި ދެމިއޮތީ ޖުމްހޫރީ ޕާޓީއެވެ. އެޕާޓީގައި 13,456 މެމްބަރުން އެބަތިއްބެވެ. އެމްޑީއޭގައި 9011 މެމްބަރުން އަދި ޖުމްހޫރީ ޕާޓީގައި 8,844 މެމްބަރުންނެވެ. މިދެޕާޓީއަކީ 10,000 މެމްބަރުން ހަމަވެގެން ދައުލަތުގެ ބަޖެޓުން ފައިސާ ލިބުނު ދެ ޕާޓީއެވެ.
އެމްއެންޕީގައި ތިބީ 5,836 މެމްބަރުންނެވެ. ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ޕީއެންއެފްގައި ތިބީ 3,046 މެމްބަރުންނެވެ. އުވާލަން ނިންމާފައިވާ ދަ ޑިމޮކްރެޓްސްގައި 3,547 މެމްބަރުން އެބަތިއްބެވެ. ތިންހާސް މެމްބަރުންނަށްވުރެ މަދީ ކުރީގެ ނައިބްރައީސް އަހުމަދު އަދީބުގެ އެމްޓީޑީ ގައެވެ.
ރިއެކްޝަންސް






