
ފުވައްމުލަކާއި އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓަކުން ދެމީހުން ސަލާމަތްވެއްޖެ
ފުވައްމުލަކާއި އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓަކުން ދެމީހުން ސަލާމަތްވެއްޖެ އެވެ. ސޯޝަލް މީޑިޔާގައި މިހާރު ދައުރުވަމުން އަންނަ ދެ އެކްސިޑެންޓްގެ ތެރެއިން ފުވައްމުލަކު އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރެއް މަގުގެ އެއްފަރާތުގައި ހުރި މީހެއްގެ ގައިގަ ޖެހިގެންނެވެ. މަގުގެ އެއްފަރާތުގައި ހުރި ސައިކަލަކަށް އަރަން އުޅުނު މީހާގެ ގައިގަ ކާރުން ޖެހި އޭނާ ކާރުގެ މައްޗަށް ޖެހި ވެއްޓުނީ ކޮޅަށެވެ. އެތަނިގައި ޕާރކް ކޮށްފައި ހުރި ސައިކަލްތަކުގައިވެސް ކާރު ޖެހުނެވެ. ކާރު އައިސް ޖެހުނު އިރުވެސް އެމީހާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ.
ވީޑިއޯއިން ފެންނަ ފެނުމަށް ބަލާއިރު ކާރުން ޖެހުނު މީހާއަށް އަނިޔާއެއް ނުވެއެވެ. ނަމަވެސް ކާރު ކޮންޓްރޯލް ނުވެ ޖެހުނީ މަގު މެދު މުޅިން ހުސްކޮށް އޮއްވައެވެ. ކާރު ދުއްވި މީހާގެ ލައިސަންސް އުމުރު ދުވަހަށް ބާތިލް ކުރަން އަންނަނީ ގޮވާލަމުންނެވެ. މިއެކްސިޑެންޓް ހިނގީ މިރެއެވެ.
އައްޑޫ ސިޓީ ހިތަދޫގައި އެކްސިޑެންޓް ހިނގީ ޒިބްރާ ކްރޮސްއިން މަގު ހުރަސްކުރަމުން ދިޔަ އުމުރުން ދުވަސްވީ މީހެއްގެ ގައިގަ ސައިކަލަކުން ޖެހިއެވެ. ބާރު ސްޕީޑްގައި ދުއްވި ސައިކަލުން ޖެހި އެމީހާއާއި ސައިކަލް ދުއްވި މީހުންވެސް ސައިކަލާއެކު ވެއްޓުނެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް ސާފެއް ނޫނެވެ. އެއެކްސިޑެންޓްގެ ވީޑިއޯވެސް އަންނަނީ ދައުރުވަމުންނެވެ.
ރިއެކްޝަންސް






