ރައީސުލްޖުމްހޫރިއްޔާ ޢަޒުލުކުރަން ހުށަހަޅާނަން – ޝިފާޢު

ރައީސުލްޖުމްހޫރިއްޔާ ޢަޒުލުކުރަން ހުށަހަޅާނަން – ޝިފާޢު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޢަޒުލު ކުރުމަށް ހުށަހަޅުއްވާނެ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެ

9 months ago - 13:22

ރައީސުލްޖުމްހޫރިއްޔާ ޢަޒުލުކުރުމަށް އެމް.ޑީ.ޕީގެ ޕާލިމެންޓް ގްރޫޕަށް ހުށަހަޅުއްވާނެ ކަމަށް އިހަވަންދޫ ދާއިރާގެ އެމް.ޑީ.ޕީ.މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާޢު ވިދާޅުވީ މިވަގުތަށް އޮތް އެންމެ މުހިންމު މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން އަޒުލުކުރުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ޝިފާއު ވިދާޅުވީ މިވަގުތު ރާއްޖޭގައި ހިނގަނީ ގާނޫނީ ހުކޫމަތެއް އޮތް ވެރިކަމެއް ނޫން ކަމަށާއި ވެރިކަން އެކުލަވާލަން ވެސް އުޅެނީ ނޭނގިގެން ކަމަށެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝިފާޢު ވިދާޅުވީ ސަރުކާރުން ގެންދަނީ ގާނޫނުތަކަށް ބެލުމެއް ނެތި ގާނޫނުތަކާ ފުށުއަރާ ގޮތަށް ނިންމުންތައް ނިންމަމުން ކަމަށާއި ސަރުކާރު ހިންގަމުންދާ ގޮތާމެދު ވިސްނާލަން އެބަޖެހޭ ކަމަށެވެ.

"އެ ރައީސުލްޖުމުހޫރިއްޔާ ރައީސްކަމަށް ހޮވީ ހުސްގޮނޑީގެ ނަން ޖަހައިގެން އެހުސްގޮނޑިއަށްޓަކާ ވޯޓުދިން އެތައް ރައްޔިތުންނެއް އަޅުގަޑުމެން ކައިރީ އެބަ ބުނެއޭ ކޮއްކޯއޭ އަވަސްކުރާކަށް ނުވޭހެއްޔޭ؟ ކީއްވެހޭ ފަސްތިކުރަނީ؟ ކީއްވެހޭ ލަސް ތިކުރަނީ؟" އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު މަޖިލީހުގައި ވިދާޅުވިއެވެ.

ޝިފާޢު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޢަޒުލުކުރާ ގުޅޭ ގޮތުން މަޖިލީހުގެ ގަވާއިދަށް ހުށަހެޅުނު އިސްލާހާ ގުޅިގެންވެސް، އަދި ދިވެހި ރައްޔިތުން އެ ފާޅުކުރަމުންދާ ޚިޔާލުތަކާއެކުވެސް ރައްޔިތުންގެ މަޖިލިހުން ކުރަންޖެހޭ އެންމެ މުހިންމު އެންމެ އިސްކަމެއް ދޭންވީ މަސައްކަތަކީ މިހާރު ރައީސުލްޖުމުހޫރިއްޔާ އަޒުލްކުރުމުގެ މަސައްކަތް ކަމަށެވެ.

"އަޅުގަޑު އިރާދަކުރެއްވިއްޔާ އަޅުގަޑުމެންގެ ޕާލަމެންޓްރީ ގުރޫޕަށް އެމައްސަލަ ހުށަހަޅާނަން." އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު މަޖިލީހުގައި ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow