ޖަމީލް މުޢިއްޒުއަށް: ރައީސް ޔާމީނާ މޫނު ދިމާކޮށް ޝުކުރު އަދާ ނުކުރެވިގެން އުޅެނީ ކީއްވެތޯ؟
ރައީސް ޔާމީނާ މޫނު ދިމާކޮށް ޝުކުރު އަދާ ނުކުރެވިގެން އުޅެނީ ކީއްވެތޯ ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ސުވާލުތަކެއް އާމާޒު ކުރައްވައިފި.
ރައީސް ޔާމީނާ މޫނު ދިމާކޮށް ޝުކުރު އަދާ ނުކުރެވިގެން އުޅެނީ ކީއްވެތޯ ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ސުވާލުތަކެއް އާމާޒު ކުރައްވައިފިއެވެ.
އެކްސްގައި ރައީސުލްޖުމްހޫރިއްޔާ އާ މުޙާޠަބު ކުރައްވައި ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލުކަން ވެސް ކުރައްވަމުން އަންނަ ޑރ. މުޙައްމަދު ޖަމީލް ވިދާޅުވީ "މިއަދު ތިޔައީ ރައީސް. އާރާއި ބާރުގެ ވެރިޔާ. ޑރ. މުއިއްޒުގެ އަޚު ރ. ޔާމީނަށް ލުޔެއްގެ މިންވަރުވެސް ނުދެވިގެން އުޅެނީ ކީއްވެތޯ؟ މޫނު ދިމާކޮށް ޝުކުރު އަދާ ނުކުރެވިގެން އުޅެނީ ކީއްވެތޯ؟ ރ. ޔާމީން އަދި ޕީޕީއެމާ ނުލައި މަނިކުފާނަށް ތިޔަ ވެރިކަން ދުވަހަކުވެސް ނަސީބު ނުވީސް." ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ ގިނަ ބަޔަކު ވޯޓު ދިނީ ރައީސް ޔާމީން މިނިވަން ކުރަން ކަމަށާއި ރައްޔިތުން ތިބީ ފާރިވެރިވެ ބަލަން ކަމަށެވެ.
ކުރީގެ ނައިބްރައީސް ޑރ. ޖަމީލް ވިދާޅުވީ ނުޙައްގުން އަނިޔާ ލިބޭކަމަށް ވިދާޅުވި ރައީސް ޔާމީން ކޮބައިތޯ އާއި އެވައުދާއި އެއާ ގުޅުވައިގެން ވިދާޅުވި ޙަދީސްފުޅު ކޮބައިތޯވެސް ރައީސް މުޢިއްޒުއަށް ސުވާލު ކުރައްވާފައެވެ.
ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލަކީ މިހާރުގެ ސަރުކާރަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށްޓަކައި ރައީސް ޔާމީންގެ ފަރާތުން އެންމެ ގިނަ މަސައްކަތް ކުރެއްވި އެއް ބޭފުޅާއެވެ.
ސަރުކާރު ވެރިކަމާ ޙަވާލުވުމަށްފަހު ރައީސް ޔާމީން މިނިވަން ކުރުން ލަސްވަމުން އަންނާތީ ޖަމީލާއި ރައީސް ޔާމީނަށް ތާޢީދު ކުރާ ފަރާތްތަކުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ރިއެކްޝަންސް