ސިނަމާލެ ބްރިޖް މަޝްރޫޢަކީ "ލޭންޑް މަރކް" މަޝްރޫއެއް: ރައިސް
ފައިލް ފޮޓޯ: ސޯޝަލް މީޑިއާ

ސިނަމާލެ ބްރިޖް މަޝްރޫޢަކީ "ލޭންޑް މަރކް" މަޝްރޫއެއް: ރައިސް

ސިނަމާލެ ބްރިޖް މަޝްރޫޢަކީ "ލޭންޑް މަރކް" މަޝްރޫއެއްގެ ގޮތުގައި ރައީސް ސިފަކުރައްވައިފި

9 months ago - 13:44
Jan 15, 2024 - 13:48

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައިވެސް، ކަނޑެއް ހުރަސްކޮށް ކުރިއަށްގެންދިޔަ މިފަދަ އެންމެ ބޮޑު އަދި އެންމެ "ޗެލެންޖިން" މަޝްރޫޢުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ޓީވީ ޗެނަލަކަށް ދެއްވި ޚާއްސަ ބަސްތީގަތުމެއްގައެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ކުރިއަށްގެންދިޔަ ބްރިޖް މަޝްރޫޢުގެ ސަބަބުން، ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ރައްޔިތުންނަށް އޭގެ މަންފާ ލިބެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ "ލޭންޑް މަރކް" މަޝްރޫއެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އިންޖިނިއަރިންގެ ގޮތުން ބަލާއިރުވެސް، މިއީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ހިމެނޭ ޤައުމެއްގައިވެސް ކުރިއަށްގެންދިޔަ މިފަދަ އެންމެ ބޮޑު މަޝްރޫޢުކަމަށެވެ.

"ތިމާވެށީގެ ގޮތުން ބަލާއިރު ވަރަށް އުނދަގޫ ތަނެއްގައި ބްރިޖް އަޅާފައި މިވަނީ. އެތައް ދިރާސާއެއް ކުރަންޖެހުނު. ބިންގަނޑުގެ 110 މީޓަރު އަޑިއަށް ތަނބު ވަނީ ޖަހާފައި. ސަރަޙައްދުގެ ކަނޑުގެ ފުންމިން 45 މީޓަރު. އެހެންވީމަ 150 މީޓަރުގެ ޕައިލްތައް އެބަހުރި ޖަހާފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައިވަނީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢުގައި އިސްކޮށް މަސައްކަތްކުރެއްވި ޗައިނާގެ ޓީމާވެސް ބައްދަލުކުރައްވާފައެވެ.

ރާއްޖެއަކީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި އެންމެ ފުރަތަމަ ބައިވެރިވި އެއް ޤައުމެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަކީ ޗައިނާގެ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓް ބޭންކަށް ރާއްޖޭގެ ފަރާތުން ކަނޑައެޅުއްވި ފުރަތަމަ ގަވަރުނަރުވެސްމެއެވެ.

އޭރުގެ ހައުސިން މިނިސްޓަރުގެ ޙައިސިއްޔަތުން، އަދި ޕްރޮފެޝަނަލް އިންޖިނިއަރެއްގެ ޙައިސިއްޔަތުންވެސް މިމަޝްރޫޢުގެ މަސައްކަތްތަކުގައި އެމަނިކުފާނު ވަނީ އިސްކޮށް ބައިވެރިވެވަޑައިގަންނަވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow