ބާސާ ބަލިކޮށް ރެއާލް މެޑްރިޑް ޗެމްޕިއަންކަން ހޯދައިފި

ބާސާ ބަލިކޮށް ރެއާލް މެޑްރިޑް ޗެމްޕިއަންކަން ހޯދައިފި

ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުގައި ރޭ ބާސެލޯނާ 1-4 އިން ބަލިކޮށް ރެއާލް މެޑްރިޑް ޗެމްޕިއަންކަން ހޯދައިފި

9 months ago - 15:16
Jan 15, 2024 - 18:20

ސައުދީ އަރަބިއާގައި ކުޅުނު ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުގައި ރޭ ބާސެލޯނާ 1-4 އިން ބަލިކޮށް ރެއާލް މެޑްރިޑް ޗެމްޕިއަންކަން ހޯދައިފިއެވެ.

ރެއާލް ޗެމްޕިއަންކަން ހޯދި މެޗުގައި އެޓީމުގެ ހުނަރުވެރި ފޯވާޑް ވިނީޝިއުސް ޖޫނިއާ ވަނީ ހެޓްރިކް ހަދައިފަ އެވެ. މެޗުގައި ވިނީޝުއުސް ގޯލުތައް ޖެހީ ފުރަތަމަ ހާފުގެ 1، 10 އަދި 39 ވަނަ މިނެޓުގަ އެވެ. ތިން ވަނަ ގޯލު އޭނާ ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.

ރެއާލް ދެ ގޯލުގެ ލީޑެއްގައި އޮއްވައި ފުރަތަމަ ހާފުގައި ރޮބާޓް ލެވަންޑޯސްކީ ވަނީ ބާސެލޯނާ އަށް ފަރަގު ކުޑަކޮށްދީފަ އެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރޫހޯ އަށް ރަތް ކާޑު ދެއްކުމުން ބާސެލޯނާ އަށް އުނދަގޫތައް ކުރިމަތިވި އެވެ.

Advertisement

މެޗަށް ފަހު ބާސެލޯނާގެ ކޯޗު ޒަވީ ބުނީ ފައިނަލް މެޗެއްގައި ބާސެލޯނާ ދައްކަންޖެހޭ ފެންވަރުގެ ކުޅުމެއް ޓީމުން ނުފެނުނު ކަމަށެވެ.

"މިއީ އަހަރެމެން ކުޅުނު އެންމެ ދަށް މެޗު. މެޗުގެ އެއްވެސް ހިސާބެއްގައި ޓީމަށް ކުޅުން ނުދެއްކުނު. ކައުންޓަ އެޓޭކުގައި މެޑްރިޑުން އަހަރެމެންނަށް ލަނޑުދިން. އަހަރެން ސަޕޯޓަރުންގެ ކިބައިން މާފަށް އެދެން" ޒަވީ ބުންޏެވެ.

ރެއާލް މެޑްރިޑާއި ބާސެލޯނާގެ އިތުރުން ސުޕަ ކަޕްގައި ވާދަކުރީ އެތުލެޓިކޯ މެޑްރިޑާއި އޮސަސޫނާ އެވެ.

ސުޕަ ކަޕް އެންމެ ގިނައިން ކާމިޔާބުކުރީ 14 ފަހަރު ބާސެލޯނާ އެވެ. ރޭގެ ކާމިޔާބީއާ އެކު ރެއާލް ވަނީ ސުޕަ ކަޕްގެ 13 ތަށި ހަމަކޮށްފަ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow