އިންތިޚާބުގެ ލަފާދޭ ކޮމެޓީއަށް ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރާނެ ޖަމިއްޔާއެއް ހޯދަނީ
ޤައުމީ ލަފާދޭ ކޮމިޓީއަށް ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރާނެ ޖަމިއްޔާއެއް ހޯދަނީ
މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން އެކުލަވާލާފައިވާ ޤައުމީ ލަފާދޭ ކޮމިޓީއަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރުމަށް ޝައުގުވެރިވާ ޖަމިއްޔާއެއް ހޯދަން އިޢުލާންކޮށްފިއެވެ.
ޤައުމީ ލަފާދޭ ކޮމިޓީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރުމަށް ޝައުގުވެރިވާ ޖަމިއްޔާތަކުން އެކަން ބަޔާން ކުރުމަށްފަހު އެޖަމިއްޔާއެއްގެ ޕްރޮފައިލް ފޮނުވަން އިލެކްޝަންސް ކޮމިޝަނުންވަނީ އެދިފައެވެ.
ކުރިން މި ކޮމިޓީގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކައުންސިލުންނެވެ.
ނަމަވެސް، މިފަހަރު ޖަމިއްޔާތަކަށް ހުޅުވާލީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިއަށްވުރެ ބޮޑަށް ފުރުސަތުދީ ޝައުގުވެރިކަން ހުރި ޖަމިއްޔާތަކަށްވެސް ފުރުސަތު ދިނުމަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމިއްޔާތަކުގެ ތެރެއިން މިކަމަށް ޝައުގުވެރިވާ ހުރިހާ ޖަމިއްޔާތަކަށް، މިމަހުގެ 28ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލެވޭނެ އިންތިޒާމް މުޅިން އަލަށްވަނީ ހަމަޖައްސާފައެވެ.
އިންތިޒާމް ހަމަޖެއްސީ ޕްލާސްޓިކް ޓެމްޕްލޭޓެއްބޭނުންކުރުމަށެވެ. މި ބޭނުންކޮށްގެން 45 މީހުން ވޯޓުލިއެވެ.
ރިއެކްޝަންސް