ރައީސްގެ ވަރުގަދަ މެސެޖެއް "ކުޑައަކަސް ގަނާނުކުރެވޭނެ"

ރައީސްގެ ވަރުގަދަ މެސެޖެއް "ކުޑައަކަސް ގަނާނުކުރެވޭނެ"

އިނގިރޭސިބަހުން ރައީސްގެ ވަރުގަދަ މެސެޖެއް " ކުޑައަކަސް ގަނާނުކުރެވޭނެ!"

8 months ago - 19:34
Jan 13, 2024 - 20:03

ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް އެއީ ގަނާކުރުމަށް ލިބޭ ލައިސަންސެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ދަތުރުފުޅާ ބެހޭ މަޢުލޫމާތު މީޑިއާއަށް ހިއްސާ ކުރައްވަމުންނެވެ.

ބެލެވޭ ގޮތުގައި ރައީސް މިހެން ވިދާޅުވީ އަވަށްޓެރި އިންޑިޔާއަށް ނިސްބަތްކޮށެވެ. ކުރީ ސަރުކާރުން އިންޑިއާއެކީ ގާތް ގުޅުމެއް ބަދަހިކޮށްފައިވާއިރު މި ސަރުކާރުން ދަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެވެ.

ދާދި ފަހުން ފެންމަތިވި ލަކްޝަދީޕް މައްސަލައިގައިވެސް އިންޑިއާގެ ރައްޔިތުން ދަނީ ރާއްޖެ ބޮއިކޮޓްކޮށް ރާއްޖެއާ ދެކޮޅަށް ވާހަކަތައް ދައްކަމުންނެވެ. އަދި އިންޑިއާ އިން އެހީ ނުދޭނަމަ ރާއްޖެ ހާލުގައި ޖެހިދާނެ ކަމަށާއި ރާއްޖެއަކީ އިންޑިއާގެ ބެކްޔާޑުގައި އޮތް ގައުމެއް ގޮތުގައި ރާއްޖެ ސިފަކޮށް އިންޑިއާ ރައްޔިތުން ދަނީ މީސްމީޑިއާގައި ހިޔާލު ފާޅުކުރަމުންނެވެ.

އިންޑިއާ ކަނޑަކީ ހަމައެކަނި ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށް ވެސް ރައިސް ވިދާޅުވިއެވެ.

"ވަކި ގައުމެއްގެ މިލްކެއް ނޫން މި ކަނޑަކީ. މި ކަނޑަކީ މި ކަނޑު ނިސްބަތްވާ ވަށައިލެވިފައިވާ ހުރިހާ ގައުމުތަކަކަށް ވެސް ނިސްބަތްވާ ކަނޑެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއްގައުމަކަށް ބަރޯސާވެފައި އޮތް އޮތުން މި ސަރުކާރުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow