ޗައިނާގެ ހިލޭ އެހީގައި ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅަނީ

ޗައިނާގެ ހިލޭ އެހީގައި ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅަނީ

ޗައިނާގެ ހިލޭ އެހީގައި ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް އެއްބަސްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

9 months ago - 18:01
Jan 13, 2024 - 18:11

ޗައިނާގެ ހިލޭ އެހީގައި ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް އެއްބަސްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ވެލާނާ އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ޗައިނާ ސަރުކާރާއެކު ގިނަ އެއްބަސްވުންތަކެއް ހެދިފައިވާ ކަމަށެވެ.

އެގޮތުން ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށްވެސް މި ދަތުރުފުޅުގައި އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ މައުލޫމާތު ނޫސްވެރިންނާ ޙިއްސާ ކުރައްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ރާއްޖޭގެ 17 ރަށެއްގައި ހުރި ސިއްޚީ މަރުކަޒުތަކުގެ ލެބޯޓްރީއަށް ބޭނުންވާ ހުރިހާ ފެސިލިޓީއެއް ހިލޭ ދިނުމަށް އެއްބެސްވެފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ހަތަރު ރަށެއްގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމާއި ކުނިނައްތާލާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް އެއްބަސްވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް އެކަމަށް ކަނޑައެޅީ ކޮން ރަށްތަކެއްކަން ރައީސްގެ ވާހަކަފުޅުގައި ވިދާޅުވެފައެއް ނުވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow