ކައުންސިލިންގެ ދާއިރާއިން  ކޯސްތަކެއް ފެށަނީ
ކައުންސިލިންގެ ދާއިރާއިން  ކޯސްތަކެއް ފެށަނީ

ކައުންސިލިންގެ ދާއިރާއިން ކޯސްތަކެއް ފެށަނީ

އިޖުތިމާއީ އާއި ކައުންސިލިންގެ ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ ކޯސްތަކެއް ފެށަނީ

7 months ago - 19:17
Jan 10, 2024 - 10:32

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ގުޅިގެން، އިޖުތިމާއީ އާއި ކައުންސިލިންގެ ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ ކޯސްތަކެއް ފެށުމަށް ނިންމައިފިއެވެ.

މި ކޯސްތަކަކީ ކައުންސިލިން އާއި އިޖުތިމާއި ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކާއި މި ދާއިރާތަކުން ޚިދުމަތް ދެމުންދާ މުވައްޒަފުންނަށް ޚާއްސަކޮށްފައިވާ ކޯސްތަކެއް ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ޑިވެލޮޕްމެންޓް އިން ވިދާޅުވިއެވެ.

ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ސޯޝަލް ސާވިސް ދާއިރާއިން އެޑްވާންސްޑް ސެޓިފިކެޓް އަދި ބެޗެލާސް ޑިގްރީއަށް ކިޔަވައިދޭ ކޯސްތަކާއި، ކައުންސިލިން ދާއިރާއިން ބެޗެލާސް ޑިގްރީއަށް ކިޔަވައިދޭ ކޯސްތައް ހިމެނޭ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. 

ދެބުރަކަށް ބަހަލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، ކަމަށާއި ފުރަތަމަ ބުރުގައި 100 ފަރަތަކަށް ޖާގަލިބިގެން ދާނެކަމުގައެވެ. އަދި ކޯހައް ކުރިމަތި ލުމުގެ ފުރުސަތު މިމަހު 25ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެ ވުޒާރައިންވިދާޅުވިއެވެ.

ކޯސްތަކާ ގުޅޭ އިތުރު މައުލޫމާތު ގައުމީ ޔުނިވާސިޓީގެ ވެބްސައިޓުންނާއި ހޮޓްލައިން ނަމްބަރު 1445އަށް ގުޅުއްވައިގެން ލިބޭނެ ކަމަށާއި ފުރަތަމަ ބުރު އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު ދެވަނަ ބުރުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ އޮގަސްޓު މަހުގައި ކަމަށް އިޖުތިމާއީ ވުޒާރާއިން ވިދާޅުވިއެވެ.

އެ ވުޒާރާގެ ދަށުގައި ކުޑަކުދިންނަށާއި އާއިލާތަކަށް ޚިދުމަތް ފޯރުކޮށްދޭ 19 މަރުކަޒެއް ހުރިކަން ފާހަގަކޮށް މިފަދަ ކޯސްތަކެއް ހިންގުމުގެ މަގުސަދަކީ ވުޒާރާގައި މިދާއިރާތަކުން ޚިދުމަތްދިނުމަށް ތިބި މީހުންގެ އިތުރުން މި ދާއިރާތަކަށް ޝައުގުވެރިކަން ހުންނަ މީހުންނަށް ތައުލީމާއި ތަމްރީނުގެ ގޮތުން ފަހި ފުރުސަތުތަކެއް ހޯދައިދިނުން ކަމުގައި އެވުޒާރާއިން ވިދާޅުވިއެވެ.

ޚިދުމަތް ފޯރުކޮށްދޭ މީހުންނަކީ ކަމާގުޅޭ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނު ލިބިފައިވާ ޤާބިލް ބަޔަކަށް ހެދުމަކީ އެ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަރަށް އިސްކަންދެއްވާ ކަމެއް ކަމަަށްވެސް ވަނީ ފާހަގަކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow