ޕީއެސްޖީ ހަމަބިމަށް! ޕާމާގެ ޖާދުލާއެކު ޗެލްސީން ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފި
ޗެލްސީ ކްލަބް ވޯލްޑްކަޕްގެ ތައްޓޭއެކު އުފާފާޅުކުރަނީ. ފޮޓޯ: ކްލަބް ވޯލްޑްކަޕް

ޕީއެސްޖީ ހަމަބިމަށް! ޕާމާގެ ޖާދުލާއެކު ޗެލްސީން ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފި

8 hours ago - 05:48
Jul 14, 2025 - 05:50

ކޯލް ޕާމާގެ ޖާދުލާއެކު 3-0 ން ޕެރިސް ސެއިންޓް ޖެމައިން (ޕީއެސްޖީ) ހަމަބިމަށް ތިރިކޮށް ޗެލްސީން ފީފާ ކްލަބް ވޯލްޑްކަޕް އުފުލާލައިފިއެެވެ. އެމެރިކާގެ ނިއު ޖާޒީގައި ކުޅުނު މުބާރާތް ޗެލްސީން ދެވަނަ ފަހަރަށް ކާމިޔާބުކުރިއިރު މިއީ 32 ޓީމުގެ އާ ފޯމެޓްގައި މުބާރާތް ބޭއްވި ފުރަތަމަ ފަހަރުވެސް މެއެވެެ.

ރޭގެ ފައިނަލް މެޗުގައި ޗެލްސީގެ ފުރަތަމަ ދެ ގޯލް ކާމިޔާބުކޮށް ތިންވަނަ ގޯލް ކާމިޔާބު ކުރުމުގައި އެހީތެރިވީވެސް ކޯލް ޕާމާއެވެ. 22 އަދި 30 ވަނަ މިނިޓްގައި ފުރަތަމަ ދެ ގޯލް ޖެހުމުގައި ޕާމައަށް އެހީތެރިވީ މަލާ ގުސްތޯ އަދި ލެވީ ކޮލްވިލްއެވެ. ފުރަތަމަ ހާފުގައި ތިން ގޯލްވެސް ކާމިޔާބުކުރި ޗެލްސީގެ ތިންވަނަ ގޯލް 43 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޔާއޮ ފެޑްރޯއެވެ.

މުބާރާތުގެ އެންމެ ބޮޑު ފޭވަރިޓުންގެ ގޮތުގައި ޕީއެސްޖީ ފައިނަލަށް ދަތުރުކުރީ 4-0 ން ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހުއެވެ. ޕާމާފެ ފުރަތަމަ ގޯލް ކާމިޔާބުކުރުމުގެ ކުރިންވެސް ޕީއެސްޖީއަށް ލީޑުނަގާނެ ރަނގަޅު ދެ ފުރުޞަތު ލިބި ވަނީ ބޭކާރުވެފައެވެ.

ދަށް ކުޅުމެއް ފެނިގެންދިޔަ ޕީއެސްޖީގެ މިޑްފީލްޑަރު ޔާއޮ ނެވެސްއަށް 86 ވަނަ މިނިޓްގައި ދެއްކި ރަތްކާޑާއެކު ކުޅުންތެރިންގެ އަދަދު 10 އަށް ބަދަލުވުމާއެކު ޕީއެސްޖީގެ ކުޅުން އިތުރަށް ފީކަޅާވެގެން ދިޔައެވެ. ވީއޭއާރުން ބެލުމަށްފަހު ނެވެސްއަށް ރަތްކާޑު ދައްކާފައިވަނީ ޗެލްސީގެ ޑިފެންޑަރު މާކް ކުކުރޭޔާގެ އިސްތަށިގަނޑަށް ގަސްތުގައި ދަމާފައި ވާތީއެވެ.

Advertisement
Advertisement

ފާޑުކިޔުުންތެރިންގެ ދޫތައް ބަންދުކޮށް މުބާރާތުގެ މޮޅު ކުޅުންތެރިޔާއަށް ދޭ ރަންބޯޅަ ވެސް ހާސިލްކުރީ ފައިނަލް މެޗުގައި މޮޅު ކުޅުމެއްދެއްކީ ޕާމާއަށެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow