ޣައްޒާގައި ދުވާލަކު އެވްރެޖްކޮށް 100 މަރު, މުޅި ޣައްޒާ ހިފާނެކަމުގެ ވާހަކަ ނަތަންޔާހޫ ވަނީ ތަކުރާރުކޮށްފަ
ޝަހީދުކޮށްލާފައިވާ ތުއްތު ކުއްޖެއްގެ ހަށިގަނޑު ގޮވައިގެން އާއިލާގެ މީހަކު. ފޮޓޯ: އައި އޮން ޕަލަސްޓައިން

ޣައްޒާގައި ދުވާލަކު އެވްރެޖްކޮށް 100 މަރު, މުޅި ޣައްޒާ ހިފާނެކަމުގެ ވާހަކަ ނަތަންޔާހޫ ވަނީ ތަކުރާރުކޮށްފަ

5 hours ago - 14:45
May 22, 2025 - 14:55

ޣައްޒާގެ އެކި ސަރަހައްދުތަކުގައި ފާއިތުވެދިޔަ ހަފުތާ ފެށުނީއްސުރެ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު އިޒްރާއިލްގެ ހަމަލާތަކުގައި ޣައްޒާއިން ދުވާލަކު އެވަރެޖްކޮށް 100 މީހުން ޝަހީދުވާކަމަށް ސިއްހީ މަސްދަތަކުން ބުނެފިއެވެ.

އިއްޔެ ހެނދުނުން ފެށިގެން ރެއާ ހަމައަށް 93 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ސިއްހީ މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މިއަދު ހެނދުނުން ފެށިގެން މިހާތަނަށް 39 މީހަކު ޝަހީދުކޮށްލާފައިވާކަމަށްވެސް މަސްދަރުތަކުން ވަނީ ބުނެފައެވެ.

ޣައްޒާ އިޒްރާއިލްގެ ފުރިހަމަ ބާރުގެ ދަަށަށް ގެންނާނެކަމަށް އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައުދުވީ ފާއިތިވި އަހަރުގެ ޑިސެމްބަރު މަހުއެވެ. އޭގެ ފަހުން އެކި ފަހަރުމަތިން އެބުނުް ނަތަންޔާހޫ ދަނީ ތަކުރާރުކުރަމުންނެވެ. އިއްޔެވެސް ނަތަންޔާހޫ ވަނީ އެ ވައުދު އާކޮށްފައެވެ.

މީގެ ދޮޅު ހަފުތާކުރިން އިޒްރާއިލްގެ ސަލާމަތީ ކެބިނެޓުން ފާސްކޮށް ތަންފީޒުކުރަންފެށި ' އޮޕަރޭޝަން ގިޑިއަންސް ޝެރިއޮޓްސް' އަކީ ޣައްޒާ ހިފުމުގެ އަމަލީ ޕްލޭން އެވެ. ޕްލޭންގެ ދަށުން އުތުރު ޣާއްޒާގެ ބޮޑު ބައެއް މިހާރު އިޒްރާއިލްގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނެސްފައިވާއިރު ޣަައްޒާގެ ބިމުގެ 70 އިންސައްތަ އަކީ މިހާރުވެސް ޣައްޒާގެ ރައްޔިތުންނަށް ދެވޭ ސަރަހައްދުތަކެއް ނޫނެވެ. 

Advertisement
Advertisement

ކޮންސްޕިރަސީ ތިއަރީތައް ބުނާގޮތުން އިޒްރާއިލްގެ ޕްލޭނަކީ އުތުރުން ފެށިގެން މަޑުމަޑުން ޣަައްޒާގެ ރައްޔިތުން ދެކުނަށް ޖައްސަމުން ޖައްސަމުން ގޮސް, އެއްކޮށް ޣައްޒާގެ ބިމުން ފަލަޞްޠީނުގެ ރައްޔިތުން ފަހާލުމެވެ. ނަމަވެސް އިޒްރާއިލްގެ ބާރުދަށުގައިވާ ސަރަހައްދުތައް ފާހަގަ ވާ ޗާޓުތަކުން ފެންނަގޮތުން ދެކުނު ރަފަޙްގެ ބޮޑު ބައެއްވެސް މިހާރުއޮތީ އިޒްރާއިލްގެ ފުރިހަމަ ބާރުގެ ދަށުގައެވެ. ފަލަސްޠީނުގެ ރައްޔިތުން މަޑުމަޑުން ޖައްސަމުން ގެންދަނީ މެޑިޓެރޭނިއަން ކަނޑާ ވީ ފަޅިއަށެވެ.

މާޗު 2 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް އިންސާނީ އެހީ ވެއްދުން އިޒްރާިއލްއިން ހުއްޓުވާފައި އޮތުމަށްފަހު ފާއިތިވި ހޯމަ ދުވަހު ވަނީ ގައުމުތަކުގެ ފިއްތުންތަކާއެކު މަދު އަދަދެއްގެ އެހީގެ ޓްރަކްތައް ޣައްޒާއަށް އެތެރެކޮށްފައެވެ. ނަމަވެސް ޣައްޒާގައި ތިބި އެހީދޭ ޖަމާއަތްކުން ބުނާ ގޮތުގައި އެހީގެ އެއްވެސް މިންވަރެއް އަދިވެސް ޣައްޒާގެ އާންމު ރައްޔިތުންނާ ހަމައަކަށް ނުފޯރައެވެ.އަދި އެ އެހީގެ ސާމާނަކީ 'ގާތްގަނޑަކަށް' ބަނޑަށްޖެހިފައިވާ ޣައްޒާގެ މުޅި އާބާދީއާ އެކަށޭނެ މިންވަރާ ގާތްކުރާ އަދަދެއް ނޫންކަމުގައިވެސް އދ ން ވަނީ ބުނެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow