ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ދޫކޮށްލަން ހެދި ޑީލް ޔޫކޭ ހައިކޯޓުން ހުއްޓުވައިފި
ފޮޅަވަހި މަތިންފެންނަ ތަސްވީރެއް. ފޮޓޯ: ސްކައި ނިއުސް

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ދޫކޮށްލަން ހެދި ޑީލް ޔޫކޭ ހައިކޯޓުން ހުއްޓުވައިފި

މި ނިންމުން ނިނާމާފައިވަނީ ޑިއެގޯ ގާސިއަށް އުފަން ޔޫކޭދެ ދެ ރައްޔިތަކު އެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން

5 hours ago - 15:11
May 22, 2025 - 15:14

ދިވެހިރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާގެ (ފޯޅަވަހި) ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކުރަން ދެ ގައުމުން ތައްޔާރުވެފައިވަނިކޮށް އެކަން އިނގިރޭސި ވިލާތުގެ ހައިކޯޓުން ވަގުތީގޮތުން ހުއްޓުވައިފިއެވެ.

ކޯޓުގެ މި ނިންމުން އިއްވާފައިވަނީ ވާޗުއަލް ރަސްމިއްޔާތެއްގައި ދެ ޤައުމުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރަން މަދު ގަޑިއިއުކޮޅަކަށް ވެފައި ވަނިކޮށް ބުރާސްފަތި ދުވަހު ހެނދުނުއެވެ. 

އިނގިރޭސި ވިލާތުގެ ހައިކޯޓުގެ މި ނިންމުން އިއްވާފައިވަނީ އެޤައުމުގެ ދެ ރައްޔިތުން ކަމަށްވާ ބާނަޑެޓް ޑުގޭސީ އަދި ބެޓްރީސް ޕޮމްޕޭ އެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ޗާގޯސްގެ ރަށެއްކަމަށްވާ ޑިއޭގޯ ގާސިއާއަށް އުފަން އިނގިރޭސި ވިލާތުގެ މި ދެ ރައްޔިތުން ހުށަހެޅި މައްސަލައިގައިވަނީ ޗާގޯސްކގެ ސިޔާދަތީ ބާރު އޮންނަންޖެހޭނީ އިނގިރޭސި ވިލާތުގައި ކަމުގައި ބުނެފައެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅުމާއި އެކު ހައިކޯޓުގެ ފަނޑިޔާރު ހޫލިއަން ގޫސް ވަނީ އިނގިރޭސި ސަރުކާރުގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައެވެ. "އިނގިރޭސިންގެ ބާރުގެ ދަށުގައިވާ އިންޑިއާކަނޑުގެ ޖަޒީރާ ނުވަތަ ޗާގޯސް އާކިޕެލަގޯ ސިޔާދަތީ ބާރު ބޭރު އެހެން ޤައުމެއް ނުވަތަ އެއްވެސް ފަރާތަަކަށް ބަދަލުކުރުން ނުވަތަ ދޫކުރުމަށް ޤާނޫނީ ގޮޮތުން ބަނދެވޭ އެއްވެސް އެއްބަސްވުމެއް ނުވަތަ އަމަލެއް ކުރަން ޤަސްތުކޮށްފައިވާނަމަ އެކަމެއް ވަގުތީގޮތުން ހުއްޓާލުމަށް" އެ އަމުރުގައި އަންގާފައި ވެއެވެ.

Advertisement
Advertisement

އަދި ކޯޓުން ވަކި ގޮތެއް އަންގަންދެން ޗާގޯސް އޮންނާނީ އިނގިރޭސި ވިލާތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމުގައިވެސް ކޯޓުގެ އެންގުމުގައި ވެއެވެ. މައްސަލައާ ގުޅިގެން 10:30 ގައި އިތުރު އަޑުއެހުމެއް އޮންނާނެއެވެ. 

އިނގިރޭސި ވިލާތުން ފޯޅަވަހި  މޮރިޝަސްއަށް ދޭން ނިންމާފައި އޮތް ނިންމުމާ ދެކޮޅުހަދާ, ފޯޅަވައްސަށް ރާއްޖޭގެ ސިޔާދަތީ ބާރު މާ ހައްޤުކަމަށް ރައީސްލް ޖުމްހޫއްރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެ ދިވެހި ސަރުކާރުން މިގެކުރިން ވަނީ އިނގިރޭސި ސަރުކާރަށް ސިޓީއެއްވެސް ފޮނުވާފައެވެެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow