ޔުމްނު ވެއްޓުނު މައްސަލައިގައި ހައްޔަރު ކުރި ރައުދު ބަންދުން ދޫކޮށްލައިފި
ޔުމުނު ވެއްޓުނު މައްސަލާގައި ހައްޔަރުކުރެވުނު ރައުދު / ފޮޓޯ: ފުލުހުން

ޔުމްނު ވެއްޓުނު މައްސަލައިގައި ހައްޔަރު ކުރި ރައުދު ބަންދުން ދޫކޮށްލައިފި

5 hours ago - 15:21
May 22, 2025 - 15:27
Advertisement
Advertisement

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ތުހުމަތުކުރެވި ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލް މިއަދު ހެނދުނު ބަންދުން ދޫކޮށްލައިފިއެވެ.

އޭނާ ބަންދުން ދޫކޮށްލައިފައި މިވަނީ އޭނާގެ ބަންދަށް އެންމެ ފަހުން ކްރިމިނަލް ކޯޓުން ޖަހާފައިވާ 20 ދުވަސް ހަމަނުވަނީހެވެ. އަދި އޭނާ ބަންދުން ދޫކޮށްލި ސަބަބެއް ފުލުހުން މިހާތަނަށް ހާމަކުރައްވާފައެއްވެސް ނުވެއެވެ.

ރައުދު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވުނީ ޔުމްނު ވެއްޓުމުގައި ބައިވެރިވުން އޮތް ކަމަށެވެ.

ރައުދުގެ ބަންދު މުއްދަތު ހަ ފަހަރަށް އިތުރުކޮށްފައިވެއެވެ. އެންމެ ފުރަތަމަ ފަސް ދުވަހަށް، ދެވަނަ ފަހަރު 10 ދުވަހަށް، އަދި އޭގެ ފަހުން ފަސް ދުވަހަށް ބަންދުކުރިއެވެ. އެންމެ ފަހުން ރައުދުގެ ބަންދަށް ދީފައި އޮތީ 20 ދުވަހެވެ.

Advertisement
Advertisement

ރައުދު ބަންދުކުރަން ނެރުނު އަމުރެއްގެ އިސްތިއުނާފު މައްސަލައެއް މިއަދު މެންދުރުފަހު ހައި ކޯޓުގައި ތާވަލުކޮށްފައި އޮތެވެ. ނަމަވެސް، އޭނާ ބަންދުން ދޫކޮށްލާފައިވާތީ އެ މައްސަލަ ބާތިލުކުރަން ރައުދުގެ ފަރާތުން ހުށަހެޅުމާ ގުޅިގެން ހައި ކޯޓުން ވަނީ މައްސަލަ ބާތިލުކޮށްފައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement