އެމްޕީއެލްއިން އެއް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި
ެއެމްޕީއެލްގެ އެއް މިލިއަން ގަސް ޕްރޮގްރާމް ފަށަން ސީއީއޯ ގަސް އިންދަވަނި: ފޮޓޯ-އެމްޕީއެލް

އެމްޕީއެލްއިން އެއް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި

އެމްޕީއެލްއިން އެއް މިލިއަން ގަސް އިންދުމުގެ ހަރަކާތް ފެށީ ތިލަފުށީގައި ވިޔަފާރި ބަނދަރު އެޅުމަށް ހަމަޖައްސާފައިވާ ސަރަހައްދުގަ

2 days ago - 11:48
Oct 20, 2024 - 12:44
Advertisement

މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެއް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

އެމްޕީއެލްއިން މިއަދު ފެށި ޕްރޮގްރާމަކީ މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފެށި ހަރަކާތަކެވެ. އެމްޕީއެލްގެ އަމާޒަކީ ރައީސްގެ ވައުދުގައި ހިމެނޭ ފަސް މިލިއަން ގަހުގެ ތެރެއިން އެއް މިލިއަން ގަސް އިންދުމެވެ.

އެމްޕީއެލްއިން އެއް މިލިއަން ގަސް އިންދުމުގެ ހަރަކާތް ފެށީ ތިލަފުށީގައި ވިޔަފާރި ބަނދަރު އެޅުމަށް ހަމަޖައްސާފައިވާ ސަރަހައްދުގައެވެ. އެއް މިލިއަން ގަސް އިންދުމުގެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހީމް ވަނީ އެއް މިލިއަން ގަސް އިންދުމުގެ ޕްލެޖްގައި ސޮއިކުރައްވައި، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތާއާ ބެހޭ ވަޒީރު  ޠާރިޤު އިބްރާހީމަށް ޕްލެޖްގެ ލިޔުން ހަވާލުކުރައްވާފައެވެ.

ވަޖީހު ވިދާޅުވީ މިހަރަކާތް ކުރިއަށް ގެންދިއުމަށް ކުންފުނީގައި ޚާއްޞަ ޓާސްކްފޯހެއް އުފައްދަވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޓާސްކް ފޯހުގެ ބެލުމުގެ ދަށުން މުޅި ރާއްޖޭގައި ހަރަކާތް ކުރިއަށް ގެންދާނެ ކަމަށެވެ. އެޕްރޮގްރާމްގައި އެމްޕީއެލްއިން އިސްކަންދޭނީ ބޭނުންތެރި ގަސް އިންދަން ކަމަށް ވިދާޅުވިއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement