ހައްޖު ޢުމްރާ ކޮންފަރެންސްގައި ބައިވެރިވުމަށް ހުޅުވާލައިފި

ހައްޖު ޢުމްރާ ކޮންފަރެންސްގައި ބައިވެރިވުމަށް ހުޅުވާލައިފި

ރާއްޖޭގައި ބާޢްވާ ފުރަތަމަ ޙައްޖު ޢުމްރާ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ 31 އޮކްޓޫބަރުގައި

2 days ago - 11:08
Advertisement

ރާއްޖޭގައި ބާއްވާ ފުރަތަމަ ހައްޖު ޢުމްރާ ކޮންފަރެންސް މިމަހު 31 ގައި ބޭއްވުމަށް ނިންމައި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ކޮންފަރެންސްގައި ބައިވެރިވުމަށް އެދި ހުށަހެޅުމަށް ޚާއްސަ ގޫގުލް ފޯމެއް ތައްޔާރު ކޮށްފައިވާ ކަމަށެވެ.

ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަށް ޚާއްސަކޮށްގެން ބާއްވާ މި ކޮންފަރެންސްގައި ބައިވެރިވުމަށް ހައްޖާއި އުމްރާގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ދައުވަތު ދީފައިވާކަން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ.

މިއީ ޙައްޖާއި ޢުމްރާގެ އަޅުކަމަށް ދިވެހިން ގެންދިއުމުގެ އިންތިޒާމު ހަރުދަނާކުރުމުގެ ބޭނުމުގައި ބާއްވާ ކޮންފަރެންސެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވިއެވެ.

Advertisement

މީގެ ކުރިގެ އަހަރުތަކާ ޚިލާފަށް ވޭތުވެދިޔަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންގޮސްފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އެކަންޏެވެ. ނަމަވެސް ޢުމްރާއަށް މީހުން ގެންދިއުމަށް މިވަގުތުވެސް 56 ކުންފުންޏަކަށް އިސްލާމީ ކަންތައްތާކާ ބެހޭ ވުޒާރާގެ ފަރާތުން ވަނީ ހުއްދަދެއްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement