ފުނަދޫ އަލިފާނުގެ ހާދިސާ: ތަހުގީގު ޓީމެއް ރަށަށް ފޮނުވަން ނިންމައިފި

ފުނަދޫ އަލިފާނުގެ ހާދިސާ: ތަހުގީގު ޓީމެއް ރަށަށް ފޮނުވަން ނިންމައިފި

1 hour ago - 09:33
Advertisement
Advertisement

ށ. ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، ފުލުހުންގެ ޚާއްސަ ޓީމެއް މާދަމާ ހެނދުނު އެ ރަށަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.


ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު ވަނީ އެ ސަރަހައްދުގައި ހުރި ތަންތަނަށް ފެތުރިފައެވެ. ފުލުހުން ބުނި ގޮތުގައި، ޕެޓްރޯލް ޝެޑުގެ އިތުރުން ސައިކަލާއި އިންޖީނު މަރާމާތުކުރާ ގަރާޖަކާއި، ގުދަނެއް އަދި ވެހިކަލް ޕާކްކުރާ ކުޑަ ގަރާޖަކަށް އަލިފާނުގެ އަސަރުކޮށް، ބޭނުންނުކުރެވޭ ވަރަށް އަނދާ ހުލިވެފައިވެއެވެ. މީގެއިތުރުން، މީހުން ދިރިއުޅެމުންދިޔަ ގެއަކަށްވެސް އަލިފާނުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.


މި ހާދިސާގައި ޖުމްލަ 18 މީހަކަށް އަނިޔާވެ، ސިއްހީ ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި ދުމުގެ އަސަރުކުރުމުގެ ސަބަބުން ފަރުވާދިން ފަޔަރ ފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފެއް ހިމެނެއެވެ. ސިއްހީ ފަރުވާ ދެވުނު އަނެއް 16 މީހުންނަކީ، ހާދިސާގެ ތެރެއިން އެއްޗެއް ގޮވުމާ ގުޅިގެން ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނާއި، ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ސިއްހީ ފަރުވާ ބޭނުންވި މީހުން ކަމަށް ފުލުހުން އިތުރަށް ބުނެފައިވެއެވެ.


އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު މިހާރު ވަނީ ކޯޑަންކޮށް ބަންދުކޮށްފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ހާދިސާ ހިނގި ތަން ބަލައި، ތަހުގީގަށް އެހީތެރިވުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޚާއްސަ ޓީމެއް މާދަމާ ހެނދުނު ށ. ފުނަދޫއަށް ފޮނުވަން ނިންމާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement