މިދިޔަ އަހަރު އާރްޓީއެލްގެ ޚިދުމަތް 16.25 މިލިއަން ފަހަރު ބޭނުންކޮށްފި

މިދިޔަ އަހަރު އާރްޓީއެލްގެ ޚިދުމަތް 16.25 މިލިއަން ފަހަރު ބޭނުންކޮށްފި

7 hours ago - 17:00
Advertisement
Advertisement

ޤައުމީ ދަތުރުފަތުރުގެ ނިޒާމު، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން މިދިޔަ އަހަރުގެ ތެރޭގައި ޖުމްލަ 16.25 މިލިއަން ފަހަރު މީހުން ޚިދުމަތް ހޯދާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.


އެމްޓީސީސީން ޢާންމުކޮށްފައިވާ އެންމެ ފަހުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، 2022 ވަނަ އަހަރު މި ޚިދުމަތް ބޭނުންކޮށްފައިވަނީ 12.13 މިލިއަން ފަހަރުއެވެ. އެހެންކަމުން، ފާއިތުވި ތިން އަހަރުގެ ތެރޭގައި އާރްޓީއެލްގެ ޚިދުމަތް ހޯދި މިންވަރު މިވަނީ 34 އިންސައްތަ އިތުރުވެފައެވެ. އަދި މި ޚިދުމަތް ބޭނުންކުރި ފަތުރުވެރިންގެ އަދަދު ވެސް އިތުރުވެފައިވާއިރު، މުޅި ނިޒާމުން ލިބުނު ޖުމްލަ އާމްދަނީ ވަނީ 150 މިލިއަން ރުފިޔާއަށް އަރާފައެވެ.


ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އާރްޓީއެލް ފެރީގެ ނިޒާމުން އެކަނިވެސް 477,215 ފަސިންޖަރުން ވަނީ ދަތުރުކޮށްފައެވެ. ފެރީގެ ޚިދުމަތުގައި އެންމެ ގިނަ ފަސިންޖަރުން ދަތުރުކޮށްފައިވަނީ ޒޯން 1 ގައި ހިމެނޭ ހއ، ހދ، އަދި ށ. އަތޮޅުގެ ސަރަޙައްދުގައެވެ. އެއީ 245,274 ފަސިންޖަރުންނެވެ. ދެވަނައަށް އެންމެ ގިނަ މީހުން ދަތުރުކުރީ ޒޯން 5 ގައި ހިމެނޭ ގއ. އަދި ގދ. އަތޮޅު ހިމެނޭ ސަރަޙައްދުތަކުންނެވެ. އެއީ 110,130 ފަސިންޖަރުންނެވެ. މީގެ އިތުރުން، ޒޯން 2 އިން 81,161 ފަސިންޖަރުން އަދި ޒޯން 6 އިން 34,877 ފަސިންޖަރުން ވަނީ ފެރީގެ ޚިދުމަތް ހޯދާފައެވެ.


ފެރީ ދަތުރުތަކުގެ އިތުރުން، މާލެ ސަރަޙައްދުގައި ދެމުން އަންނަ އާރްޓީއެލް ބަހުގެ ޚިދުމަތަށް ވެސް ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ. އެގޮތުން ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެކަނިވެސް 8.27 މިލިއަން ފަހަރު މީހުން ވަނީ ބަހުގެ ޚިދުމަތް ބޭނުންކޮށްފައެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތަކީ މުޅި ރާއްޖެ ހައި-ސްޕީޑް ފެރީގެ ވިއުގައަކުން ގުޅާލުމަށް ސަރުކާރުން އެމްޓީސީސީއާ ޙަވާލުކޮށްގެން ހިންގަމުން އަންނަ ޒަމާނީ މަޝްރޫޢެކެވެ. މި ފެރީގެ ޚިދުމަތް މިހާރުވެސް ރާއްޖޭގެ 12 އަތޮޅަކަށް ކާމިޔާބުކަމާއެކު އަންނަނީ ފޯރުކޮށްދެމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement