ވިލިމާލޭގައި އަޅާ ހޮސްޕިޓަލްގެ ޑިޒައިން މަސައްކަތް ފަށައިފި
ފީސިބިލިޓީގެ ހޯދުންތަކުގެ އެއްބަސްވުން ބަދަލުކުރަނީ: ފޮޓޯ-ކޮންސްޓްރަކްޝަން މިނިސްޓްރީ

ވިލިމާލޭގައި އަޅާ ހޮސްޕިޓަލްގެ ޑިޒައިން މަސައްކަތް ފަށައިފި

16 hours ago - 19:23
Oct 17, 2024 - 19:23
Advertisement

ވިލިމާލޭގައި އަޅާ ހޮސްޕިޓަލްގެ ޑިޒައިން މަސައްކަތް ފަށައިފި އެވެ. ވިލިމާލޭގައި އަޅާ ހޮސްޕިޓަލަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރާ 100 އެނދުގެ ހޮސްޕިޓަލެކެވެ.

ހޮސްޕިޓަލް އެޅުމުގެ ކުރިން ހަދަންޖެހޭ ފީސިބިލިޓީ ސްޓަޑީ ނިންމާ ހޯދުންތައް އެކުލެވޭ އެއްބަސްވުމުގައި ދެގައުމުން މިއަދު ވަނީ ސޮއިކޮށްފައެވެ. ރާއްޖެއިން ސޮއިކުރެއްވީ އިމާރާތް ކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.އަބްދުالله މުއަޠަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޮން ލީޝިން އެވެ.

ހޮސްޕިޓަލް މަޝްރޫއުގައި ދެން އޮންނާނީ ޑިޒައިނިންގއާއި ޕްރޮކިއުމަންޓް މަސައްކަތެވެ. ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލެ ހޮސްޕިޓަލް އަޅައިދޭކަން އިއުލާނުކުރެއްވީ ޖެނުއަރީ މަހު ރައީސް ޑރ.މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ. ވިލިމާލޭގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އަޅަން ނިންމާ ސަރުކާރުން ވަނީ އެކަން އިއުލާނުކޮށްފައެވެ. އެގޮތުން އަމަލީ މަސައްކަތް މިއަހަރު ފަށަން ސަރުކާރުން ވަނީ ނިންމަވާފައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement