ދުންފަތުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދަން ރިއަލިސްޓިކް މާސްޓަރ ޕްލޭނެއް
ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލިހުގައި: ފޮޓޯ-ރައީސް އޮފީސް

ދުންފަތުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދަން ރިއަލިސްޓިކް މާސްޓަރ ޕްލޭނެއް

ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ރިއަލިސްޓިކް މާސްޓަރ ޕްލޭނެއް އެކުލަވައިލައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

16 hours ago - 19:34
Oct 18, 2024 - 00:42
Advertisement

ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ރިއަލިސްޓިކް މާސްޓަރ ޕްލޭނެއް އެކުލަވައިލައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރިއަލިސްޓިކް މާސްޓަރ ޕްލޭން އެކުލަވާލައްވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން، ކުރިއަށް އޮތް 4 އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވޭ ރަނގަޅު ނަތީޖާއެއް ޙާޞިލުކުރެވޭނެ ފަދަ މަގަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ. މާސްޓަރ ޕްލޭން ތަންފީޒުކުރަނީ ދުންފަތް ކޮންޓްރޯލުކުރުމަށް ހަދާފައިވާ ޤާނޫނާއި ގަވާއިދުތައްވެސް ތަންފީޒުކުރުމާއެކު ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރިއަލިސްޓިކް މާސްޓަރ ޕްލޭނެއް އެކުލަވައިލައްވައި، އެޕްލޭން މިމަހުގެ 27 ވަނަ ދުވަހު އޮންނަ ވަޒީރުންގެ މަޖިލިހަށް ހުށަހަޅުއްވަންވެސް  ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމެވީ އިއްޔެ އޮތް ވަޒީރުންގެ މަޖިލިހުގައި މަޝްވަރާކުރެއްވުމަށްފަހުއެވެ.

Advertisement

އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ދުންފަތާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް އިޖުތިމާޢީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތަޢާރުފުކުރުމަށްވެސް ނިންމެވިއެވެ. އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާޢީ ކަމަކަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމަނުއްވައިގެން މާސްޓަރ ޕްލޭން އެކުލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން މި ޕްލޭންގައި، ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ފަރުވާ، ކޮންމެ ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުން ހިމެނުއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މިފަދަ ނިންމެވުންތަކެއް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި މިވަނީ ދުންފަތުގެ ޑިއުޓީ ބޮޑުކުރުމާއި, ވޭޕާއި ވޭޕްގެ ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުންވެސް މަނާކުރުމަށް ނިންމަވާ އެކަމަށް ތާރީޚުތަކެއް ދެއްވުމަށްފަހުއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement