މާފުށީ ޖަލަށް ތަކެތި އެތެރެކުރުން ހުއްޓުވުމަށް ޒަމާނީ ބޮޑީ ސްކޭނަރެއް ބޭނުންކުރަން ފަށައިފި

މާފުށީ ޖަލަށް ތަކެތި އެތެރެކުރުން ހުއްޓުވުމަށް ޒަމާނީ ބޮޑީ ސްކޭނަރެއް ބޭނުންކުރަން ފަށައިފި

2 months ago - 21:01
Advertisement
Advertisement

މާފުށީ ޖަލަށް ސިއްރުން މަނާތަކެތި ވެއްދުން ހުއްޓުވުމަށާއި، ޖަލުގެ ތެރެއިން ހިންގާ ސްކޭމް ކޯލުތަކަށް ނިމުމެއް ގެނައުމުގެ މަގުސަދުގައި އެ ޖަލުގައި ބޮޑީ ސްކޭނަރެއް އިންސްޓޯލްކޮށް، އޭގެ ބޭނުންކުރަން  ފަށައިފިއެވެ.


މާފުށީ ޖަލުގައި އަލަށް ބެހެއްޓި މި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިންގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާނެވެ.


މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދޭ ގޮތުގައި، މިއީ ޖަލުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބެހެއްޓުނު އެންމެ ފަހުގެ ޒަމާނީ ވަސީލަތެކެވެ. މި މެޝިންގެ އެހީގައި ޖަލަށް ވަންނަ މީހުންނާއި ތަކެތި ފުރިހަމައަށް ސްކޭން ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.


މިނިސްޓަރ އިހުސާން ވިދާޅުވީ، މި ސްކޭނަރުގެ ބޭނުންކުރަން ފެށުމާއެކު ޖަލަށް ވައްދަން ނުޖެހޭ އެއްވެސް ބާވަތެއްގެ އެއްޗެއް ދެން ސިއްރުން ނުވެއްދޭނެ ކަމަށެވެ. އަދި ޖަލުގެ ތެރެއިން ފޯނު ބޭނުންކޮށްގެން ހިންގާ ސްކޭމް ކޯލުތަކުގެ މައްސަލައަށް މިކަމުގެ ސަބަބުން ދާއިމީ ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ވެސް ވަޒީރު ދެއްވިއެވެ.          

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement