އިޤްތިޞާދީ ސިޔާސަތުގެ ދަށުން ހިންގާ މުހިންމު މަޝްރޫޢުތަކާ ގުޅޭ ޤަރާރަށް އިޞްލާޙު ގެންނަވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

އިޤްތިޞާދީ ސިޔާސަތުގެ ދަށުން ހިންގާ މުހިންމު މަޝްރޫޢުތަކާ ގުޅޭ ޤަރާރަށް އިޞްލާޙު ގެންނަވައިފި

1 day ago - 17:10
Mar 21, 2025 - 17:13
Advertisement
Advertisement

ދައުލަތުގެ ޢާންމު މަންފާއަށްޓަކައި ހިންގާނެ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމަށް އެކަށައަޅުއްވާފައިވާ ނަންބަރު 6/2024 ޤަރާރަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޞްލާޙު ގެންނަވައިފައެވެ.

ރައީސް އޮފީހުން ވިދާޅުވީ މި އިޞްލާޙުގެ ދަށުން، އިޤްތިޞާދީ އަދި އިޖުތިމާޢީ ސިޔާސަތުގެ ދަށުން ހިންގާނެ މަޝްރޫޢުތަކާއި، އެ މަޝްރޫޢުތަކަށް އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ވަނީ އަލުން ކަނޑައަޅުއްވާފައިކަމަށެވެ.

މި މަޝްރޫޢުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެއަރޕޯޓުތައް ތަރައްޤީކުރުމާއި، އައްސޭރި ޓޫރިޒަމް މަޝްރޫޢުތައް ހިންގުން ހިމެނޭކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މީގެއިތުރުން، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ފަރުވާ ދިނުމަށް "ހޯޕް އައިލެންޑް" އާއި "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" ތަރައްޤީކުރުމަށްވެސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

Advertisement
Advertisement

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރޭގައި، މުޅި ރާއްޖޭގައި ސޯޝަލް ހައުސިންގ މަޝްރޫޢުތައް ހިންގުމާއި، ބިން ހިއްކުމުގެ މަޝްރޫޢުތައް ހިމެނޭ ކަމަށާއި، އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކޯޒްވޭ ލިންކްތައް ޤާއިމުކުރުމާއި، ހައިޕަރފޯމަންސް ސެންޓަރެއް ޤާއިމުކުރުންވެސް މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement