ގޮނޑި ގެއްލުނު ވ. ތިނަދޫ ކައުންސިލްގެ ރައީސްކަން އަލުން ޝުޖާއު ކާމިޔާބު ކުރައްވައިފި

ގޮނޑި ގެއްލުނު ވ. ތިނަދޫ ކައުންސިލްގެ ރައީސްކަން އަލުން ޝުޖާއު ކާމިޔާބު ކުރައްވައިފި

11 hours ago - 20:50
Advertisement
Advertisement

ޕާޓީ ބަދަލުކުރެއްވި މައްސަލައިގައި ގޮނޑި ގެއްލިގެން ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމަށް މީހަކު އިންތިހާބު ކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން، އެ މަގާމުގައި ކުރިންވެސް ހުންނެވި ޢަލީ ޝުޖާއު އަލުން ކާމިޔާބު ކުރައްވައިފިއެވެ.


މިއަދު ކުރިއަށްދިޔަ ބައި-އިލެކްޝަންތަކުގެ ތެރޭގައި ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިތުރުން، ހއ. ވަށަފަރާއި ވ. ތިނަދޫ އަދި އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުން ހިމެނެއެވެ.
ތިނަދޫ ކައުންސިލްގެ ރައީސް ކަމުގެ އިންތިހާބުގައި ވާދަކުރެއްވީ މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި އަލީ ޝުޖާއުގެ އިތުރުން ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓެވެ. މިއަދު ހެނދުނު 08:00 އިން ހަވީރު 04:00 އަށް ކުރިއަށްދިޔަ ވޯޓުލުމަށްފަހު، ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ކުރި ހޯއްދަވައި އެ ގޮނޑި ކާމިޔާބު ކުރެއްވީ ޝުޖާއު އެވެ.


ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވެގެން ބައި-އިލެކްޝަނެއް ބާއްވަން ޖެހުނީ، އެ ދައުރުގެ ތެރޭގައި ޝުޖާއު ޕާޓީ ބަދަލުކުރެއްވުމާ ގުޅިގެން މަގާމު ގެއްލިފައިވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު ނިންމުމާ ގުޅިގެންނެވެ.
އަލީ ޝުޖާއު އެންމެ ފުރަތަމަ އެ ރަށު ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތީ 'ދަ ޑިމޮކްރެޓްސް' ގެ ޓިކެޓުގައެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ ޕާޓީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement