ދިވެހިރާއްޖޭގެ ކަނޑުގެ ސަލާމަތީ ރައްކާތެރިކަން ވަރުގަދަ ކުރުމާއި ގުޅޭގޮތުން އެމެރިކާއާއި މަޝްވަރާކޮށްފި

ދިވެހިރާއްޖޭގެ ކަނޑުގެ ސަލާމަތީ ރައްކާތެރިކަން ވަރުގަދަ ކުރުމާއި ގުޅޭގޮތުން އެމެރިކާއާއި މަޝްވަރާކޮށްފި

21 hours ago - 11:05
Advertisement
Advertisement

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢިރުތިޝާމް އާދަމް، އެމެރިކާއިން ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު އަދި އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސާޖިއޯ ގޯރާ، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ރަސްމީކޮށް ބައްދަލުކުރައްވައިފިއެވެ.


މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އިޤްތިޞާދީ ދާއިރާއިން ގުޅުންތައް ފުޅާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.


މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން އެމެރިކާގެ ޚާއްޞަ މަންދޫބު ސާޖިއޯ ގޯރ ވިދާޅުވީ، ސަރަޙައްދީ ހަމަޖެހުމާއި ތަނަވަސްކަން ދެމެހެއްޓުމުގައި އިންޑިއާ ކަނޑަކީ ކޮންމެހެން މުހިންމު ދައުރެއް އަދާކުރާ ސަރަޙައްދެއް ކަމަށެވެ. އަދި ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ޚާރިޖީ ވަޒީރާއެކު ވަރަށް ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނުކަން އޭނާ ފާހަގަކުރެއްވިއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement