މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
މުލީ ރީޖަނަލް ހޮސްޕިޓަލްގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ: ފޮޓޯ-ރައީސް އޮފީސް

މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

މަސައްކަތް ނިމޭނީ 2027 ވަނަ އަހަރު

11 months ago - 16:28
May 20, 2025 - 16:31
Advertisement
Advertisement

މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު މިއަދު ފައްޓަވައިދެއްވައިފިއެވެ.

 އެމަނިކުފާނު މި މަޝްރޫޢު ފައްޓަވައިދެއްވީ މުލީ އެއާޕޯޓު ހުޅުވުމަށް އެރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު މުލީގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.

މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ މަޝްރޫޢުގެ ތެރެއިން އެޅުމަށް ހަމަޖެހިފައިވަނީ 4 ބުރީގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެކެވެ. މި އިމާރާތް ބިނާކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީއާއެވެ. އަދި މި މަސައްކަތް ނިންމުމަށް ކޮންޓްރެކްޓުގައި ވަނީ 780 ދުވަހެވެ. މި މަޝްރޫޢު ނިމޭނެކަމަށް ލަފާކޮށްފައިވަނީ 2027 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައެވެ. މި މަޝްރޫޢުއަށް ދައުލަތުގެ ބަޖެޓުން 185 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.

މުލީ ރީޖަނަލް ހޮސްޕިޓަލަކީ މިދިޔަ ސަރުކާރުގެ ވެސް އަދި މިސަރުކާރުގެވެސް ވައުދެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement