ބޮޑީ ކެމެރާ ބޭނުންކޮށްގެން ހިންގި ފުރަތަމަ އޮޕަރޭޝަންގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް 3 ބިދޭސީން!
ބޮޑީ ކެމެރާ ބޭނުންކޮށްގެން އިމިގްރޭޝަނުން ބިދޭސީންނާ ސުވާލުކުރަނީ: ފޮޓޯ-އިމިގްރޭޝަން

ބޮޑީ ކެމެރާ ބޭނުންކޮށްގެން ހިންގި ފުރަތަމަ އޮޕަރޭޝަންގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް 3 ބިދޭސީން!

11 months ago - 11:34
May 25, 2025 - 11:34
Advertisement
Advertisement

ބޮޑީ ކެމެރާ ބޭނުންކޮށްގެން ހިންގި ފުރަތަމަ އޮޕަރޭޝަންގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް 3 ބިދޭސީން ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިއްޔެ ހުޅުމާލެ ފޭސް 1 ގެ ސަރަހައްދެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 03 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.

" މި އޮޕަރޭޝަންގައި އޮފިސަރުން ވަނީ ފުރަތަމަ ފަހަރަށް ބޮޑީ ކެމެރާ ބޭނުންކުރަން ފަށާފައި." އިމިގްރޭޝަނުން ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ މިސަރުކާރުގެ ބޮޑު ވައުދެކެވެ. އެމަސައްކަތުގައި މިދިޔަ މުއްދަތުގެ ތެރޭގައި ސަރުކާރުން ވަނީ ނަތީޖާތަކެއް ނެރެފައެވެ. ބިދޭސީންގެ މައުލޫމާތު އެއްކޮށް, ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ވަނީ އަތޮޅު ތެރެއަށް ފުޅާކޮށްފައެވެ. ދައުރު ނިމޭއިރު މުޅި މައްސަލައަށް ހައްލު ގެނެވޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement