
ދިވެހީންގެ މެދުގައި ފުޓްބޯޅައަށް ހައްގު މަގާމު ހޯދައިދިނުމުގެ މަސައްކަތް ދަނީ ކާމިޔާބީގެ މަގަށް- ރައީސް
ދިވެހީންގެ މެދުގައި ފުޓްބޯޅައަށް ހައްގު މަގާމު ހޯދައިދިނުމުގެ މަސައްކަތް ދަނީ ކާމިޔާބީގެ މަގަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ފުޓްބޯޅަ ދުވަހުގެ މުނާސަބަތުގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ފުޓްބޯޅަ ވަނީ މުޅި ޤައުމު އެއްބައިވަންތަ ކޮށްދީފައި ކަމަށެވެ. ޤައުމު ފަޚުރުވެރިވާނެ އެތައް ހުނަރުވެރިއެއް އުފައްދައިދީފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފުޓްބޯޅައިން ރާއްޖޭގެ ކުދިބޮޑު ހުރިހާ ރަށްރަށެއްގައި އިޖްތިމާޢީ ރޫޙު އާލާކޮށްދީފައިވާކަމަށެވެ.
" ދިވެހީންގެ މެދުގައި ފުޓްބޯޅައަށް ހައްގު މަގާމު އަލުން އަނބުރައި ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ދަނީ ކާމިޔާބީގެ އަމާޒަށް ދަތުރުކުރަމުން." ރައީސް ވިދާޅުވިއެވެ.
ކުޅިވަރުގެ ވަސީލަތްތައް މުޅި ރާއްޖޭގައި ޤާއިމްކޮށް, ކުޅިވަރުގެ ފޯރި އަނބުރާ އިޔާދަކުރުމަކީ ސަރުކާރުގެ ވައުދެކެވެ. ޚާއްޞަކޮށް ދިވެހި ފުޓްބޯޅަ ވެއްޓިފައި އޮތް ހާލަތުން ނެގުމަށް މަސައްކަތްކުރައްވާ, އެކަން ފުރިހަމަކުރައްވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއެވެ.
ރިއެކްޝަންސް






