އައްޑޫ ބްރިޖުގެ މަސައްކަތަށް މިސްރު ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި
އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ގުޅާލާ ބްރިޖު ހެދުމަށް ޝައުގުވެރިކަން މިސްރު ކުންފުންޏަކުން ފާޅުކޮށްފި
އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ބްރިޖު ހެދުމަށް މިސްރުގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވިދާޅުވީ އައްޑޫ ބްރިޖުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މިސްރުގެ "ދަ އަރަބް ކޮންޓްރެކްޓާސް" ކުންފުނިން ކަމަށެވެ.
"އެކަމާ ގުޅިގެން ކުރަން ޖެހޭ ސާވޭތައް ހިލޭ ސާބަހަށް ކޮށްދޭނެކަމުގެ އިޝާރާތެއް ވަނީ ކޮށްފައި. އެހެންވެ އެގޮތަށް އެކަން ކުރާނަމަ އެ މަސައްކަތް އެ ކުންފުންޏާ ގުޅިގެން ކުރިއަށްގެންދިއުމަށް އިކޮނޮމިކް ކައުންސިލުން ވަނީ ނިންމާފައި،" ނާޡިމް ވިދާޅުވިއެވެ.
ހިލޭ ސާވޭކޮށްދޭން އެ ކުންފުނިން ހުށަހަޅާފައިވާއިރު މި އަހަރުގެ ބަޖެޓުގައި ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ ހެދުމަށް 30 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.
ހިތަދޫ އާއި ހުޅުމީދޫ ބްރިޖަކުން ގުޅާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެ ބްރިޖު މަޝްރޫއަށް ޗައިނާގައި ކުރިއަށްދިޔަ "އިންވެސްޓް މޯލްޑިވްސް ފޯރަމް" ގައި ވެސް ގިނަ ކުންފުނިތަކަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
އެ ބްރިޖަކީ މާލެ ފިޔަވާ އެހެން ސަރަހައްދަކަށް ރައިސް ޑރ. މުއިއްޒު ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދެވެ.
ރިއެކްޝަންސް