ޗައިނާ ބަހުން ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން ފެށުމުން ބޮޑު ތަފާތެއް ފެންނާނެ- ޝިއުރީ
ފްލިގީއާއެކު އެއްބަސްވުމުގައި ސޮއިކުރަނީ: ފޮޓޯ-އެމްއެމްޕީއާރުސީ

ޗައިނާ ބަހުން ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން ފެށުމުން ބޮޑު ތަފާތެއް ފެންނާނެ- ޝިއުރީ

ޗައިނާގެ އެންމެ ބޮޑު ޓްރެވަލް އެޖެންސީއާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ

29 days ago - 08:33
Aug 19, 2024 - 09:23
Advertisement

ޗައިނާ ބަހުން ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން ފެށުމުން ބޮޑު ތަފާތެއް ފެންނާނެ ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ އެއްބަސްވުމެއްގައި އެގައުމުގެ ފްލިގީއާއެކު އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ފަހުއެވެ.

ފްލިގީއަކީ ޗައިނާގެ އެންމެ ބޮޑު އެއް ޓްރެވަލް އެޖެންސީ އެވެ. އަދި އެއީ ދުނިޔޭގެ އެންމެބޮޑު އީކޮމާސް ފްލެޓްފޯމް އަލީބާބާ ހިންގާ ކުންފުންޏާ އެއް މެނޭޖްމަންޓެއްގެ ކުންފުންޏެކެވެ. ޝިއުރީ ވިދާޅުވީ ފްލިގީއާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ޗައިނާގައި, ޗައިނާ ބަހުން ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އޭގެ ނަތީޖާ ބޮޑުކޮށް ފެންނާނެކަމަށް ވިދާޅުވިއެވެ.

"ހަމައެކަނި ޗައިނާގެ ޕޮޕިއުލޭޝަނަށް ބަލާލި ނަމަވެސް އަޅުގަނޑުމެންގެ ނަމްބަރސް ހަމަ އަރައިގެންދާނެ ވަރަށްބޮޑު ތަނުން. އެމީހުންގެ ޕްލެޓްފޯމްގައި އެމީހުންގެ ބަހުރުވައިން އެމީހުންގެ ކަންތައްތަން ރާއްޖެ ޕްރޮމޯޓްކުރަން ލިބެނީ ފުރުޞަތު. އެހެންވީމަ ވަރަށްބޮޑުތަން ތަފާތު ހަމަ ފެންނާނެ އިނގޭތޯ." ޝިއުރީ ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ, އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑަތި ފައިދާތަކެއް ލިބޭނެ ކަމަށެވެ. މިއަހަރުގެ ތެރޭގައި ޗައިނާގެ ފަސް ސިޓީއެއްގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement