ގައުމުން ބޭރު ލީގެއްގައި އެމްބާޕޭ ކުޅުނު ފުރަތަމަ މެޗު އެއްވަރު
ރެއާލް އަށް ލަނޑު ޖަހައިދިނީ ރޮޑްރީގޯ

ގައުމުން ބޭރު ލީގެއްގައި އެމްބާޕޭ ކުޅުނު ފުރަތަމަ މެޗު އެއްވަރު

ރެއާލްގެ ލަނޑު ޖެހީ ރޮޑްރީގޯ

29 days ago - 08:46
Aug 19, 2024 - 09:23

ގައުމުން ބޭރު ލީގެއްގައި ފްރާންސް ކެޕްޓަން ކީލިއަން އެމްބާޕޭ ކުޅުނު ފުރަތަމަ މެޗު އެއްވަރުވެއްޖެ އެވެ.

ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ބަދަލުވެ ފޯވާޑް އެމްބާޕޭ ސްޕެއިން ލީގުގައި ކުޅުނު ފުރަތަމަ މެޗު އެއްވަރުވީ މަޔޯކާއާ ވާދަކޮށް 1-1 ނެވެ. މިއީ ފްރާންސް ނޫން ގައުމެއްގެ ލީގުގައި އެމްބާޕޭ ކުޅުނު ފުރަތަމަ މެޗެވެ. އެކަމަކު މިސީޒަންގައި ރެއާލްއަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗަކީ ސުޕަރ ކަޕެވެ. އެމެޗުން ރެއާލް މޮޅުވީ އެމްބާޕޭގެ ގޯލަކާވެސް އެކުއެވެ. ލީގުގައި ރެއާލް އެއްވަރުވި މެޗުގައި ލަނޑު ޖެހީ ރޮޑްރީގޯ އެވެ. ފުރަތަމަ ހާފްގައި ރޮޑްރީގޯ ލަނޑު ޖެހީ ވިނީޝިއުސް ޖޫނިއަރ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ބްރެޒިލް ދެފޯވާޑުންނާއެކު ކުރިއަށް ކުޅުނީ އެމްބާޕޭ އެވެ. ކޯޗު އެންޗެލޮޓީ މެޗުގައި ބޭނުންކުރީ ސުޕަރ ކަޕްގައިވެސް ބޭނުންކުރި ފުރަތަމަ އެގާރައެވެ.

މަޔޯކާއިން ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފްގެ ކުރީކޮޅު މުރިގީ ޖެހި ލަނޑުންނެވެ. އޭނާ ނަތީޖާ ހަމަހަމަ ކޮށްދިނީ 53 ވަނަ މިނިޓްގައެވެ. މުރިގީއަށް ކުރި ފައުލަކަށް މެޗުގެ އިތުރު ވަގުތުގައި ރެއާލްގެ ޑިފެންޑަރ މެންޑީއަށް ރަތްކާޑް ދެއްކުމުން ރެއާލް މެޗު ނިންމާލަން ޖެހުނީ 10 ކުޅުންތެރިންނާ އެކުއެވެ. ރެއާލް ފުރަތަމަ މެޗު ޕޮއިންޓަކުން ފުއްދާލަން ޖެހުނު އިރު ބާސެލޯނާ ލީގު ފެށީ މޮޅަކުންނެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow