ރަހީމް ސްޓާލިންގެ ކުރިމަގު ސުވާލުމާކެއްގައި!

ރަހީމް ސްޓާލިންގެ ކުރިމަގު ސުވާލުމާކެއްގައި!

ސްޓާލިންގ ޕްރެކްޓިސް ކުރަނީ ޓީމާ ވަކިން

25 days ago - 20:13
Aug 23, 2024 - 11:28

ރަހީމް ސްޓާލިންގ ޗެލްސީގެ ފުރަތަމަ ޓީމާ ވަކިން ފަރިތަކުރުންތައް ކުރިއަށްގެންދާއިރު ކޯޗު އެންޒޯ މަރެސްކާ ބުނެފައިވަނީ ސްޓާލިންގ އޭނާގެ ޕްލޭންގައި ނެތްކަމަށެވެ. ސްޓާލިންގ  50 މިލިއަން ޔޫރޯއަށް ޗެލްސީއާ ގުޅުނީ މީގެ ދެ އަހަރު ކުރިން 2022 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ކުޅުނީ ވާދަވެރި މެންޗެސްޓަރ ސިޓީއަށެވެ. 

މިސިޒަންގެ ޕްރިމިއަރ ލީގުގައި ޗެލްސީ ކުޅުނު ފުރަތަމަ މެޗުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅެ 2-0  ބަލިވި މެޗުގައިވެސް ޗެލްސީގެ އާ ކޯޗް އެންޒޯ މަރެސްކޯ ސްޓާލިންގ އަށް ފުރުޞަތެއް ނުދެއެވެ. 

"ސްޓާލިންގ އަކީ ރަނގަޅު ކުޅުންތެރިއެއް. އެކަމަކު އަހަރެން ބޭނުންވަނީ ތަފާތު ވިންގާއެއް" މަރެސްކާ ބުނެފައި ވެއެވެ.

29 އަހަރުގެ ސްޓާލިންގ އަށް މަރެސްކާ ވަނީ އޭނާގެ ނިންމުން ހުކުރު ދުވަހު އަންގާފައެވެ. އެއީ މިސީޒަނުގައި އޭނާގެ ޕްލޭންގައި ސްޓާލިންގ ނެތްކަމަށާއި, ސްޓަލިންގ ބޭނުންވެއްޖެ ނަމަ ކްލަބް ދޫކޮށް ދިއުމުގައި އެއްވެސް ހުރަހެއް ނެތްކަމުގައެވެ.

Advertisement

މަރެސްކާ ވަނީ ސްޓާލިންގ ޗެލްސީއަށް ކުޅޭ 7 ނަމްބަރު ޖަރޒީ އެޓީމާ އަލަށް ގުޅުނު ޕެޑްރޯ ނެޓޯއަށް ރަސްމީކޮށް ހަވާލުކޮށްފައެވެ. ނެޓޯ އާދިއްތަ ދުވަހު ޗެލްސީގެ ޖަރޒީގައި ސިޓީއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ބޭނުންކުރީ 19 ނަމްބަރެވެ.

ފާއިތުވި ސީޒަން ނިމުމުގެ ކުރިން ސްޓާލިންގެ އެޖެންޓް ޗެލްސީ އާއެކު ރަސްމީ ވާހަކަތައް ބޭއްވިއެވެ. އޭރު ސްޓަލިންގ ޗެލްސީގައި މަޑުކުރުމާ ގުޅޭގޮތުން އެއްބަސްވުމަކާ ހަމައަށް އާދެވުނުކަމަށް ބެލެވިފައި ވީނަމަވެސް އިނރޭސިވިލާތުގެ ކުޅުންތެރިޔާ މިހާރު ޗެލްސީއަށް އޭނާގެ ފަހު މެޗް ކުޅެދީފައިވާކަން ގާތްގަނޑަކަށް ވަނީ ޔަޤީންވެފައެވެ.

ސްޓާލިންގއާ ދޭތެރޭ ކޯޗު މަރެސްކާގެ އަމަލުތައް "އަނިޔާވެރި" ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އޭނާ ވަނީ އެކަން ދޮގުކޮށްފައެވެ. ނަމަވެސް 15 ކުޅުންތެރިންގެ ގްރޫޕެއްގައި ސްކޮޑުން ބާކީކޮށްފައިވާ ޗިލްވެލް އާއެކު ސްޓާލިންގ މިހާރުވެސް ފަރިތަކުރުންތައް ގެންދަނީވެސް ފުރަތަމަ ޓީމާ ވަކިންނެވެ. 

"އަހަރެން (ސިޓީގެ) މެޗުގެ ކުރިން ސްޓާލިންގ އާ ވާހަކަދެއްކިން. އަހަރެން ބުނިން އޭނާ ކައިރީ ޓީމްގައި ކުޅެން ވަގުތު ހޯދަން އޭނާއަށް އެޓީމުގައި މިހާރު ދަތިވާނެއޭ. އޭނާ ރަނގަޅު. އެކަމު އެ މަގާމުގަ އަހަރެންގެ ޕްލޭންގަ އުނދަގޫވާނެއޭ. އަހަންނަށް ހިއެއްނުވޭ އެއީ އަނިޔާވެރިވުން ހެނެއް. އަހަރެން ބުނީ ކަން އޮތްގޮތް" މަރެސްކާ ބުންޏެވެ.

އާދިއްތަ ދުވަހުގެ މެޗުގެ ކުރިންވެސް 'ޓީމުން އެކަހެރިކޮށްފައި ހުރި' ސްޓާލިންގ ވެސް މިހާރު ބޭނުންވަނީ ޗެލްސީ ދޫކޮށްލާށެވެ. ނަމަވެސް ހަފުތާއަކު 325,000 ޕައުންޑު ލިބޭގޮތަށް ޗެލްސީއާކު އޭނާ ހަދާފައިވާ އެއްބްސްވުމުގައި ބާކީ އަދި ތިން އަހަރު އެބައޮތެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން ސައުދީއަށް ދާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެއީ އޭނާގެ އާއިލާ އިނގިރޭސިވިލާތުގައި ތިބުމާއި އެކު, ޕްރިމިއަރ ލީގު ދޫކޮށްލަށް އޭނާ ބޭނުންނުވާތީ ކަމަށް ރިޕޯރޓްތައް ބުނެއެވެ.

މިހާރު އޮތްގޮތުން ސްޓާލިންގ ވިއްކާލުމުގައި ޗެލްސީއަށްވެސް ދަތިތަކެއް އެބަހުއްޓެވެ. ނަމަވެސް ޓްރާންސްފަރގެ ދޮރު ބަންދުވާން މިހާރުވަނީ ކުޑަތަންވެފައެވެ. އެޓޭކަރެއް ހޯދުމަށް މަސައްކަތްކުރަމުންދާ ބާސެލޯނާއިން ވެސް ސްޓާލިންގ އާމެދު ޝައުގުވެރިކަމެއްނެތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow