ބިދޭސީންލައްވާ ގަވާއިދާ ޚިލާފަށް މަސައްކަތްކުރުވާ ދިވެހިންނާމެދު މިއަދުން ފެށިގެން ވިޔަވަޅު އަޅާނަން: އިހުސާން

ބިދޭސީންލައްވާ ގަވާއިދާ ޚިލާފަށް މަސައްކަތްކުރުވާ ދިވެހިންނާމެދު މިއަދުން ފެށިގެން ވިޔަވަޅު އަޅާނަން: އިހުސާން

25 days ago - 18:24
Advertisement

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންލައްވާ ގަވާއިދާ ޚިލާފަށް މަސައްކަތް ކުރުވާ ދިވެހިންނާމެދު އިމިގްރޭޝަންގެ ގާނޫނުގެ ދަށުން މިއަދުން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިހުސާން މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ދާޚިލީ ވުޒާރާއިން އުފައްދާފައިވާ ޓާސްކް ފޯހަށް ދައުލަތުގެ އިތުރު އޮފީސްތަކެއް އިތުރު ކުރިކަން ހާމަ ކުރެއްވުމަށް މިއަދު އިސްކަދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އިހުސާން ވިދާޅުވީ ގާވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ފަރާތްތަކާމެދު އިމިގްރޭޝަންގެ ގާނޫނުގެ ދަށުން 50,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށާއި މީގެ އިތުރުން އެފަދަ ފަރާތްތަކުގެ ޕާސްޕޯޓު ހިފެހެއްޓުން ފަދަ ފިޔަވަޅުތައްވެސް އެޅިގެންދާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސެލޫންގެ ނަމުގައި މަސާޖުޕާލާތައް ހިންގާނަމަ އެތަންތަން ބަންދު ކުރައްވާނެ ކަމަށާއި އެތަނަކާ ހަވާލުވެގެން ތިބި ދިވެހިންނާމެދު އެކި އޭންގަލް ތަކުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

Advertisement

އެގޮތުން އެތަނުގައި ހަށި ވިއްކުމުގެ އަމަލެއް ހިންގާނަމަ ހިއުމަން ޓްރެފިކް ކުރުމުގެ ދައުވާވެސް އެފަރާތްތަކަށް ކުރައްވާނެ ކަމަށާއި ގަވާއިދާ ޚިލާފަށް ވިޔާފާރިއެއް ކުރިކަމަށް ބަލައި އެކަމަށް އަޅަންޖެހޭ ފިޔަވަޅުވެސް އަވަސް ގޮތެއްގައި އިކޮނޮމިކް މިނިސްޓްރީން އަޅަމުންދާނެ ކަމަށްވެސް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement