"އެޑިއުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް" ޕްރޮޖެކްޓް އިފުތިތާހު ކޮށްފި

"އެޑިއުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް" ޕްރޮޖެކްޓް އިފުތިތާހު ކޮށްފި

މި ޕްރޮޖެކްޓް އިފްތިތާޙް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފު

25 days ago - 16:18
Advertisement

"އެޑިއުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް" ޕްރޮޖެކްޓް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފު އިފުތިތާހު ކޮށްދެއްވައިފިއެވެ.

މި ޕްރޮޖްކްޓް އިފްތިތާޙް ކޮށްފައިވަނީ މިއަދު އެކަމަށްޓަކައި ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ޕްރޮޖެކްޓުގެ ވެބްސައިޓާއި އަދި ޕޮރޮގްރާމު ޑޮކިއުމަންޓް އިފުތިތާހް ކޮށްދެއްވާފައެވެ.

"އެޑިއުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް" އަކީ ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީ.ޕީ.އީ)އިން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް، ތަފާތު 3 ގްރާންޓެއް ހިމެނޭހެން ލިބިފައިވާ 9.5 މިލިޔަން ޑޮލަރު (146.5 މިލިޔަން ދިވެހި ރުފިޔާ)ގެ ހިލޭއެހީގެ ދަށުން އެކުލަވާލެވުނު ޕްރޮޖެކްޓެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއްވިއެވެ.

Advertisement

މީގެ ތެރެއިން ފުރަތަމަ ގްރާންޓަކީ ގްރާންޓް އެޖެންޓުގެ ގޮތުގައި ޔުނިސެފު ހަރަކާތްތެރިވާގޮތަށް ހޯދާފައިވާ 5 މިލިޔަން އެމެރިކާ ޑޮލަރުގެ ސިސްޓަމް ޓްރާންސްފޮމޭޝަން ގްރާންޓެވެ.

ދެވަނަ ގްރާންޓަކީ ގްރާންޓް އެޖެންޓުގެ ގޮތުގައި ޔުނިސެފް ހަރަކާތްތެރިވާގޮތަށް ހޯދާފައިވާ 1.5 މިލިޔަން ޑޮލަރުގެ ސިސްޓަމް ކެޕޭސިޓީ ގްރާންޓެކެވެ.

ތިން ވަނަ ގްރާންޓަކީ ގްރާންޓް އެޖެންޓެއްގެ ގޮތުގައި ވަރލްޑް ބޭންކު ހަރަކާތެރިވާގޮތަށް ހަމަޖެހިފައިވާ 3 މިލިއަން ޑޮލަރުގެ މަލްޓިޕްލަޔަރ ގްރާންޓެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement