މޭ މަހުގެ ބިލް ކުޑަވާނެ- ސްޓެލްކޯ

މޭ މަހުގެ ބިލް ކުޑަވާނެ- ސްޓެލްކޯ

މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކަށް

11 months ago - 07:08
Jun 3, 2025 - 07:57
Advertisement
Advertisement

މޭ މަހުގެ ބިލް ކުޑަވާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ބިލްތައް ކުޑަވަނީ އަގުހެޔޮ ޓެރޮފް ރޭޓްތަކަށް މެއި މަހުގެ ބިލް ތައްޔާރުކުރުމުންނެވެ.

ސްޓެލްކޯއިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކަށް ކަމަށެވެ. މި ބަދަލާއެކު ކަރަންޓުބިލް ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެކަމަށް އެކުންފުނިން ބުންޏެވެ. މީގެ އިތުރުން ރައީސް މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް ދެން ފޮނުވާ ހުރިހާ ކަރަންޓުބިލްތަކެއްވެސް ތައްޔާރުކުރެވިގެންދާނީ އައު ޓެރިފްރޭޓްތަކަށް ކަމުގެ ޔަގީންކަން ސްޓެލްކޯއިން ވަނީ ދީފައެވެ.

ރައީސް ނިންމެވީ ޖޫން މަހުން ފެށިގެން ޓެރިފް ރޭޓް ކުޑަކުރަން ނަމަވެސް މެއި މަހުން ފެށިގެން އެބަދަލު ތަންފީޒުކުރާނެކަން ސްޓެލްކޯއިން މިވަނީ އިއުލާނުކޮށްފައެވެ. މިފަދަ ނިންމެވުމެއް ނިންމަވާފައިމިވަނީ ކަރަންޓް ބިލްތައް ބޮޮޑުވުމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement