ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ޔޫއެންޑީޕީއާއެކު ސޮއިކޮށްފި
ސޮއިކުރުމަށްފަހު ޔޫއެންޑީޕީގެ ބޭފުޅުންނާއި މިނިސްޓްރީގެ ބޭފުޅުން: ފޮޓޯ-އިކޮނޮމިކް މިނިސްޓްރީ

ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ޔޫއެންޑީޕީއާއެކު ސޮއިކޮށްފި

2 days ago - 10:24
Jun 3, 2025 - 10:24
Advertisement
Advertisement

ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ޔޫއެންޑީޕީއާއެކު ސޮއިކޮށްފިއެވެ. އެއްބަސްވުމުގައި ސޮއިކުރީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދުއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އިޤްތިޞާދީ ތަފާތުކުރުމާއި، އެކްސްޕޯޓް ކުރިއެރުވުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުން ކަމަށެވެ. މީގެ އިތުރުން އެއްބަސްވުމުގެ ދަށުން އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް އިސްކަންދޭނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

"މި އެއްބަސްވުމުގެ ސަބަބުން ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓް އަދި ކުރިއަށް އޮތްތަނުގައި ވެވޭނެ ތުރުކީ-މޯލްޑިވްސް ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް ފަދަ ވިޔަފާރީގެ އެއްބަސްވުންތަކުގެ ބޭނުން ރަނގަޅަށް ހިފުމަށް މަގުފަހިވެގެންދާނެއެވެ." މިނިސްޓްރީން ވިދާޅުވިއެވެ.

މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ އެޖެންޑާގެ ދަށުން ބައިނަލް އަޤްވާމީ ވިޔަފާރިއާ އެކްސްޕޯޓް އިތުރުކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއްކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ. އަދި މިއީ ދިވެހިރާއްޖެއަކީ ވިލުންވެރި، ހަރުދަނާ އިޤްތިޞާދެއްގެ މައްޗަށް ބިނާވެފައިވާ އަދި ދުނިޔޭގެ ބާޒާރަށް ހުޅުވާލެވިފައިވާ އިޤްތިޞާދަކަށް ހެދުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ދިވެހި ވިޔަފާރި ތަކަށް އަދި ވަކިން ޚާއްޞަކޮށް އެކްސްޕޯޓް ވިޔަފާރިތަކަށް، ހަޤީޤީ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް، ސަރުކާރުން  ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއްކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ. 

Advertisement
Advertisement

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement