"މިނިވަން 60" ގެ ލޯގޯ ފަރުމާކޮށްގެން 30،000 ރުފިޔާ ހޯދުމުގެ ފުރުސަތު
މިނިވަން 50 ފާހަގަކުރުމަށް ބޭއްވުނު ހިނގާލުމެއްގެ ތެރެއިން / ފޮޓޯ: މިނިސްޓްރީ

"މިނިވަން 60" ގެ ލޯގޯ ފަރުމާކޮށްގެން 30،000 ރުފިޔާ ހޯދުމުގެ ފުރުސަތު

11 months ago - 10:52
Jun 3, 2025 - 11:39
Advertisement
Advertisement

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭތީވެ، "މިނިވަން 60" އަށް ލޯގޯއެއް ފަރުމާކުރުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ހުޅުވާލާފިއެވެ. އެންމެ މޮޅު ލޯގޯ ފަރުމާކުރާ ފަރާތަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ވަނީ ކަނޑައަޅުއްވާފައެވެ.

މިނިސްޓްރީން ވިދާޅުވީ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލޯގޯ ހުށަހަޅަންންޖެހޭނެކަމަށާއި، އަދި އެންމެ މޮޅު ލޯގޯ ހޮވާނީ ޚާއްޞަ ފަނޑިޔާރުންގެ ޕެނަލަކުން ކަމަށެވެ.

ލޯގޯގައި ހިމަނަންޖެހޭ މުހިންމު ކަންކަމުގެ ތެރޭގައި އިސްލާމްދީން، ދިވެހިބަސް، ސަގާފަތް، ތަރިކަ އަދި ދިވެހިވަންތަކަން ރަމްޒުކޮށްދިނުން ހިމެނޭކަމަށާއި، އަދި މިނިވަންކަމުގެ 60 އަހަރާއި ކުރިމަގުގެ އުންމީދުތައްވެސް ރަމްޒުކޮށްދޭންވާނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީން އިތުރަށް ވިދާޅުވީ ލޯގޯއަށް މާކްސް ދިނުމުގައި ކޮލިޓީ، އަސްލުވަންތަކަން، ދިވެހިވަންތަކަން އަދި މިނިވަން 60ގެ ސިފަތައް ރަމްޒުކޮށްދީފައިވާ މިންވަރަށް ބެލޭނެ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement